ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
އިދިކޮޅު ޓީމު ކޮޅަށް 27 ގޯލް ޖެހުމުން ކޯޗު މަގާމުން ވަކިކޮށްފި

އިޓަލީގެ 18 އަހަރުން ދަށުގެ ޓީމެއް ކަމަށްވާ އިންވިކްޓަސައުރޯ އިން އިދިކޮޅަށް ނިކުތް މެރީނާ ކެލްސިއޯ އަތުން 27-0 ގެ ނަތީޖާއަކުން މޮޅުވުމުން، އިދިކޮޅު ޓީމަށް އެއްވެސް ވަރަކަށް އިޙްތިރާމް ނުކުރާކަމަށް ބުނެ، އިންވިކްޓަސައުރޯ ގެ ކޯޗް މަސިމިލިއާނޯ ރިޗިނީ މަގާމުން ވަކިކޮށްފިއެވެ.

މެޗަށްފަހު ލީގު ގެ ފުލުގައި އޮތް މެރީނާ ކެލްސިއޯގެ ސްޕޯޓިންގް ޑިރެކްޓަރު ލީގުގެ އެއްވަނައިގައި އޮތް އިންވިކްޓަސައުރޯ އިން އެޓީމަށް އެއްވެސް އިޙްތިރާމެއް ނުކުރާކަމަށް ބުނެ ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އިންވިކްޓަސައުރޯ ގެ ރައީސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “އަހަރެމެންގެ ޖޫނިއަރ ޓީމުން މެރީނާ ކެލްސިއޯ ކޮޅަށް 27 ގޯލް ޖެހުމުން އަހަރެމެން މިތިބީ ވަރަށް ބޮޑު ޝޮކެއް ލިބި އެހާމެ ދެރަވެފަ.”

“ޔޫތު ޓީމުގެ އުސޫލުތައް ބައްޓަންވެފައި ހުންނަ ގޮތެއް ނޫން އެއީ. އިދިކޮޅަށް ނިކުންނަ ޓީމަށް އަަބަދުވެސް އިޙްތިރާމް ކުރަންޖެހޭ. އެކަމަކު މިއަދު މިފެނުނީ އޭގެ އިދިކޮޅު.”

“ކްލަބުގެ ރައީސް ގެ ހައިސިއްޔަތުން އަހަރެން މެރީނާ ކްލަބުގެ ފަރާތުން މަޢާފަށް އެދެން. ކްލަބުގެ ޑިރެކްޓަރުން ކޯޗު ރިޗިނީ މަގާމުން ވަކިކުރުމަށް ނިންމައިފިކަން އަހަރެން އިއުލާން ކުރަން.”

“ކޯޗުން ޒިންމާ އަކީ ޒުވާން ކުދިން ރަނގަޅަށް ތަމްރީން ކުރުން. އެކަމަކު އެކުދިންނަށް ރަނގަޅު އުސޫލުތައް ދަސްކޮށްދިނުމަކީ މާ މުހިންމު ކަމެއް. މިއަދު އެކަން އެގޮތަށް ނުވި.”

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top