ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާގަލް ޕަންތީ އަށް ވުރެ ފްރޯޒަން 2 މާ ރަނގަޅު

ޖޯން އަބްރަހަމް، އިލީނާ، އަނިލް ކަޕޫރު، ޕަލްކިޓް ސަމްރަތު އަދި ކްރިތީ ކަރްބަންދާގެ ‘ޕާގަލް ޕަންތީ’ ގެ ފުރަތަމަ ދުވަހަށް ވުރެ ‘ފްރޯޒަން 2’ ގެ ފުރަތަމަ ދުވަހުގެ ވިޔަފާރި ރަނގަޅުކަމަށް ބޮކްސް އޮފީހުން ބުނެފިއެވެ.

ބޮކްސް އޮފީހުގެ މި އިއުލާނާ ހަމައަށް އެންމެ ކުރީގައި ‘ޕާގަލް ޕަންތީ’ އޮތް އިރު، މިއަދު ސްކްރީނުގައި އެޅުވި ‘ފްރޯޒަން 2’ ގެ ފުރަތަމަ ދުވަހުން މި ހޯދި ކާމިޔާބީ އާ އެކު ކުރިއަށް އޮތް ހޮނިހިރު އަދި އާދިއްތަ ދުވަހު މިއަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް ލަފާ ކުރާ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

ފިލްމުގެ ޓީމުން ބުނަނީ އުންމީދަކީ ފިލްމުގެ ދެވަނަ ދުވަހު ‘މަރްޖާވާން’ ފަހަތަށް ޖައްސާލުން ކަމަށާއި ނަމަވެސް އެއީވެސް އެންމެ އެދެވޭ ކުރި އެރުން ކަމަށް ނުދެކޭ ކަމަށެވެ.

ޑިސްނީގެ ‘ފްރޯޒަން 2’ ގެ ފުރަތަމަ ދުވަހު 25 އިންސައްތަ އާ 30 އިންސައްތަ އާ ދެމެދުގެ ކުރިއެރުމެއް ހޯދާ މި އަދަދުން ‘ޕާގަލް ޕަންތީ’ ފަހަތަށް ޖައްސާލި ނަމަވެސް ޖޯން އަބްރަހަމްގެ ‘ރޯމިއޯ އަކްބަރް ވޯލްޓަރ’ އާ އަރާ ހަމަ ނުކުރެވޭ ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top