ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
‏”އަދިރާ” ގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް

މަޝްހޫރު ފިލްމް ޕްރޮޑިއުސަރ އަދިތިޔާ ޗޯޕްރާ އަދި ބަތަލާ ރާނީ މުކަރުޖީގެ ދަރިފުޅު އަދިރާ ޗޯޕްރާގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ޕަޕަރާޒީންގެ ކެމެރާތަކަށް އަރައިފި އެވެ.

ބަތަލާ ރިތޭޝް ދޭޝްމުކްގެ ދަރިފުޅު ރިއާންގެ އުފަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޕާޓީގައި އެންމެ ފާހަގަވީ އަދިރާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މަޝްހޫރު ތަރިންގެ ހުރިހާކަމަކަށް ޕަޕަރާޒީންގެ ކެމެރާތައް އަބަދު އަމާޒުވެފައިވާ ނަމަވެސް މިއީ އުމުރުން 3 އަހަރުގެ އަދިރާގެ ފޮޓޯއެއް ޕަޕަރާޒީންގެ ކެމެރާތަކަށް އެރި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ދައުރުވަމުން ދާ ފޮޓޯއަށް ބަލާލާއިރު އަދިރާ އެންމެ ވައްތަރީ އޭނާގެ މަންމަ ރާނީއާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދިގު އިންތިޒާރަކަށް ފަހު އަދިރާގެ ފޮޓޯއެއް އާއްމުވެފައި ވާއިރު އަންނަ ޑިސެމްބަރު މަހު އޭނާއަށް 4 އަހަރު ވާނެއެވެ.

2014 ވަނަ އަހަރު މީޑީޔާތަކާ ސިއްރުން އިޓަލީގައި ކައިވެނި ކުރި މިދެ ފަންނާނުންނަށް އަދިރާ ލިބިފައިވަނީ 2015 ވަނަ އަހަރެވެ. އެ ޕާޓީއަށް ދައުވަތު ދީފައިވަނީ އާއިލާއާއި ގާތް ރައްޓެހިންނަށް އެކަންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top