ފިލްމީ ތަރި އާމިނަތު ރިޝްފާ (ބަބްލްސް)، އުމްރާގެ މަތިވެރި އަޅުކަމަށް ފުރުމަށް ތައްޔާރުވެފައިވާ ފޮޓޯއެއް މުނިއަވަސް އަށް ލިބިއްޖެއެވެ. މަޢުލޫމާތު ލިބޭގޮތުން އޭނާ އުމްރާއަށް ފުރީ މިއަދު އެވެ.
‘ހިލާ ބެލީމާ’ ލަވައިން އެކްޓިންއަށް ނުކުތް ރިޝްފާ އަކީ ގިނަ ދިވެހި ފިލްމުތަކަކާއި ޑްރާމާ އަދި ޑްރާމާ ސީރީޒްތަކުގައި ހަރަކާތްތެރިވަމުން އަންނަ ހުނަރުވެރި ތަރިއެކެވެ.
ރިޝްފާ ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި ދިލަކަނި (2013)، އަހްޝަމް (2015)، ނޭނގި ޔާރު ވަކިވީ (2016)، ހައްދު (2017)، ނިވައިރޯޅި (2019) ހިމެނެއެވެ. މީގެ އިތުރުން މިއަހަރު އޭނާ ކުޅެ ރިލީޒް ނުކޮށް އޮތް ފިލްމު އަނދިރިކަން ވެސް މި ލިސްޓަށް އިތުރުވެގެން ދެއެވެ.
ރިޝްފާ ކުޅެފައިވާ ޓީވީ ސީރީޒް ތަކުގެ ތެރޭގައި އަދިވެސް އެ ލޯތްބަށް ޤަދަރުކުރަން (2012-2013)، ވަކިވުމުގެ ކުރިން (2015)، އުމުރަށް ސަލާމް (2015) ހިމެނެއެވެ. ފާތުމަތު ނަހުލާ 2018 ގައި ގެނެސްދޭން ފެށި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ހުވާ ގައިވެސް މުހިންމު ރޯލެއް ރިޝްފާ އަންނަނީ ކުޅެމުންނެވެ.
ރިޝްފާއަށް ލިބިފައިވާ އެވޯޑްތަކަށް ބަލާލައިރު 2014 ގައި ބޭއްވި ތިންވަނަ ފިލްމު އެވޯޑުން އަލަތަށް ތަޢާރަފުވި އެންމެ މޮޅު އަންހެން ބަޠަލާގެ އެވޯޑް ލިބިފައިވެއެވެ. ހަމަ އެ އެވޯޑްގައި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ރޯލަށް ނޮމިނޭޓްވެސް ވިއެވެ.

އުމްރާ ހެދުމުގައި ރީސްފާ ނަގާފައިވާ ސެލްފީ އެއް – ފޮޓޯ”: މީސްމީިޑިއާ
އާމިނަތު ރިޝްފާއަށް ކާމިޔާބު އުމްރާ ދަތުރަކަށް މުނިއަވަސް އިން އެދެމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
ކާމިޔާބު އުމްރާ އަކަށް އެދެން. އުމްރާއަށް ފަހު ފިލްމު ކުޅުން ހުއްޓާލާފަ ޞާލިޙް އަންހެން ކަނބަލެއްގެ ގޮތުގައި ހުންނާނެ ކަމަށް އުއްމީދުކުރަން
ބެސް އޮފް ލަކް. ގޯނާ މިސްޔޫ
އަޅޭ. ލޯބިކަން
ބަބްލްސް އިޒް ރޮކިން