ދީނީ ސުވާލެއް އޮތީތަ؟
ހާދިސާ
ޓެކްސީ ޑްރައިވަރަކު ދިއްކޮށްލި ސީޑީ އަކުން ހެޔޮ މަގަށް

ނަވީންއަކީ މުއްސަނދި އާއިލާއެއްގައި ހުރި ހަމައެކަނި ފރިހެން ދަރިފުޅެވެ. ނަވީން މެލޭޝިއާއިން ކިޔަވައިގެން ރާއްޖެ އައުމުން ހަދިޔާއެއްގެ ގޮތުގައި އޭނާގެ ބައްޕަ ކާރެއް ދިނެވެ. 

އޮފީސް ނިންމާފައި ހުރިހައި ވަގުތެއް ހެން ހޭދަކުރަމުން ދިއައީ ރައްޓެހިންނާއިއެކު މަޖާކޮށް ސަކަރާތްޖެހުމުގައެވެ. ނަމާދު ކުރުމެއް އަދި ދީނީ އެހެން އަޅުކަމަކަށް އެއްވެސްކަހަލަ ސަމާލުކަމެއް ނުބަހައްޓައެވެ.  ރޭގަނޑު ވެއްޖެ ނަމަ ހުޅުމާލެއަށް ކާރުދުއްވަން ދިއުމަކީ އާއްމުކަމެކެވެ. ރައްޓެހިންނާއިއެކު ސަކަރާތްޖަހަމުން ބާރަށް ލަވަޖަހަމުންނެވެ.

އެއްރެއަކު ހުޅުމާލެއަށް ދާންވެގެން ރައްޓެސަކު ނަގަން ދިޔަ މަގުމަތީ ޓްރެފިކް ލައިޓްގައި ޖެހިގެން މަޑުކުރިއެވެ. އޭރުވެސް ކާރުގައި ހުރީ ބާރަށް ލަވަޖަހާފައެވެ. ނަވީންގެ ކާރު ކައިރީގައި ޓެކްސީއެއް މަޑުކޮށްލައިގެން އޮތެވެ. އެޓެކްސީގައި އިން ޑްރައިވަރު އޭނާގެއަތަށް ސީޑީއެއް ދިއްކޮށްލިއެވެ. ނަވީން އޭގައި ހިފިއެވެ. ކޮން އެޗެއްކަން އެނގިގެނެއްނޫނެވެ. މީހަކު އެއްޗެއް ދިނީމާ ނުހިފާ ނުކެރިގެންނެވެ. ސީޑީ ނަގައި ކާރުތެރޭ ބޭއްވިއެވެ. ސީޑީގައި ހުރީ ކޮން އެއްޗެއްތޯވެސް ބަލައިލުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތެވެ. 

އެތައް ދުވަހެއް ފަހުން އެއް ދުވަހަކު ނަވީންގެ ލޮލުގައި އެއްކަލަ ސީޑީ އަޅައިގަތެވެ. ފުރަތަމަ ފަހަރަށް ސީޑީގައި ހުރީ ކޮން އެއްޗެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އުފެދުނެވެ. ސީޑިގައިވަނީ ނަމާދާއި ބެހޭގޮތުން ޝެއިޚަކު ދެއްވާފައިވާ ދަރުސެކެވެ. އެ ދަރުސް އަޑުއަހައި ނިމުނުއިރު އޭނޭގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ވޭތުވެދިޔަ ތަނުގައި އުޅެވުނުގޮތާއި މެދު ވިސްނަން ފެށުނެވެ. 

އެދުވަހަށް ފަހު މުޅިން އާ ނަވީނެއް އުފަންވިއެވެ. ފަސްވަގުތު ނަމާދު ކުރުމާއި ސުންނަތްތައް އަދާކުރަން ފެށިއެވެ. ނަވީން އަށް ހެޔޮވިސްނުން ދެއްވިކަމަށްޓަކައި އޭނާ އަބަދުވެސް ﷲ އަށް ޙަމްދުކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top