ކާމިޔާބު ގިނަ ހިންދީ ފިލްމް ތަކެއް ހިންދީ ސިނަމާގައި މި މަހު ތެރޭ އަޅުވާފައިވާއިރު ފިލްމްތަކަށް ލިބެމުންދާ ތަރުހީބުވެސް ވަކިން ދަށްވަމުން ގޮސްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. މި ޗާޓުގައި މިބަލާލަނީ ބޮކްސް އޮފީހުގައި ފިލްމްތައް ހޯދަމުން އަންނަ ކާމިޔާބަށެވެ. 103.25 ކުރޯޑް ރުޕީސްއާއެކު ޗާޓުގެ އެއްވަނައިގައި ވަނީ ފިލްމް ‘ބާލާ’އެވެ. ފިލްމުގައި އާޔޫޝްމަން ކުރާނާ ދައްކައި ދީފައިވާ ކުޅަދާނަ އެކްޓަށް ބެލުންތެރިންގެ ތަރުހީބު ދަނީ އޮހެމުންނެވެ.
42.35 ކުރޯޑް ރުޕީސް އާއެކު ޗާޓުގެ ދެވަނައިގައި މިއުޅެނީ ސިދްރާތުގެ ރޮމޭންޓިކް އެކްޝަން ފިލްމް ‘މަރްޖާވާން’އެވެ. ސިދްރާތުގެ އިތުރުން މި ފިލްމްގައި ރިތޭޝް ދޭޝްމުކް، ތާރާ ސުތާރިއާ ފެނިގެންދެއެވެ.
24.35 ކުރޯޑް ރުޕީސްއާއެކު 3 ވަނައިގައިވަނީ ކޮމެޑީ ފިލްމް ‘ޕާގަލްޕަންތީ’އެވެ.
ބެލުންތެރިން އެންމެ އިންތިޒާރު ކުރި ކާޓޫނު ފިލްމް ‘ފުރޯޒަން 2’ މިވަނީ 21.50 ކުރޯޑް ރުޕީސްއާއެކު ޗާޓުގެ 4 ވަނައިގައެވެ.
ޗާޓުގެ ފަސްވަނައިގައި އުޅެނީ 13.80 ކުރޯޑް ރުޕީސްއާއެކު ‘ޓާމިނޭޓަރ – ޑާކް ފޭޓް’އެވެ.
