ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕާގަލްޕަންތީ ލީކްކޮށްލައިފި

​ބޮލީވުޑްގެ  އެންމެ  ފަހުގެ ފިލްމް ކަމުގައިވާ “ޕާގަލްޕަންތީ” އޮންލައިންކޮށް ލީކް ކޮއްލައިފިއެވެ. ފިލްމް ލީކްކޮށްލާފައިވަނީ ސިނަމާގައި އަޅުވާ ފިލްމްތައް ލީކް ކުރުމުގައި މަޝްހޫރު  “ޕައިރަސީ” ވެބްސައިޓެއް ކަމަށްވާ  “ޓެމިލްރޮކްސް”އިންނެވެ.

އަނިލް ކަޕޫރާއި ޖޯން އަބްރަހަމްގެ އިތުރުން އަރްސަދް ވަރޝީއާއި އިލިއާނާ ޑިސޫޒާ ފެނިގެންދާ މިފިލްމަކީ ކޮމެޑީ ފިލްމެކެވެ. 

ކުޅަދާނަ ޑައިރެކްޓަރ  އަނީސް ބަޒްމީގެ ފިލްމް މި  ޕައިރެސީ ވެބްސައިޓްގެ ޝިކާރައަކަށްވެފައިވާ އިރު މި ވެބްސައިޓް ހުއްޓުވުމަށް މިހާތަނަށް ކުރި މަސައްކަތް ވަނީ ބޭކާރުވެފައެވެ. މިގޮތުން އެވެބްސައިޓް ހުއްޓުވުމަށް މެޑްރާސްގެ ހައި ކޯޓަކުން ވަނީ އޯޑަރުވެސް ކޮށްފައެވެ. އެހެންނަމަވެސް  އެވެބްސައިޓުން ޕްރޮކްސީ ސާވަރތައް މެދުވެރިކޮށް އޭގެ ޑޮމެއިން ބޭނުންކޮށްގެން އެވެބްސައިޓް ބްލޮކް ކުރިޔަނުދީ ދަނީ ހިންގަމުންނެވެ. 

ކުރިން ހަމައެކަނި  ޓެމިލް ފިލްމްތައް ލީކް ކުރި މި ވެބްސައިޓްގެ މަސައްކަތް ފުޅާކޮށް ފަހުން ވަނީ ހިންދީ ފިލްމްތަކާ ޓީވީ ޝޯ ތަކުގެ އިތުރުން ވެބް ސީރީޒްތަކާއި ހޮލީވުޑްގެ ފިލްމްތައްވެސް ލީކްކުރަން ފަށާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top