ޑާކްރެއިން އެންޓަޓެއިންމެންޓްގެ ކުރިއަށް އޮތް ފިލްމު ”ނޮވެމްބަރ“ އަށް އިންތިޒާރުކުރެވޭއިރު، ފިލްމުގެ ޝޫޓިން މި ނޮވެމްބަރު މަހު ސިންގަޕޫރުގެ ޗާލު ލޮކޭޝަންތަކުގައި ކުރިއަށްދަނީ ރާވާލެވިފައިވާ ޝެޑިއުލް އަކާއެކު ބާރު ސްޕީޑްގައެވެ.
ފިލްމުގެ ޝޫޓިން ލޮކޭޝަން ތަކުން ހިތްގައިމު މަންޒަރުތައް ކޮންމެ ދުވަހަކުވެސް ލިބެމުން އަންނައިރު، މި ފިލްމުން ސިންގަޕޫރުގައި މިވަގުތު ދިރިއުޅެމުން އަންނަ ލެޖެންޑަރީ އެކްޓަރ އިސްމާޢީލް ވަޖީހް ވެސް ފެނިގެންދާނެއެވެ. ވަޖީހްގެ އިތުރުން އޭނާގެ ފިރިހެން ދަރިފުޅެއް ކަމަށްވާ ތަރީޝް އިސްމާޢީލް ވެސް ފެނިގެންދާނެކަން މިހާރުވަނީ އެނގިފައެވެ.

ފިލްމު ”ނޮވެމްބަރ“ ގެ ލީޑް މަޖުދާ އާއި ވަޖީހް – ފޮޓޯ: ނޮވެމްބަރ ފޭސްބްކް ޕޭޖް
ފިލްމުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނީ ސިންގަޕޫރުގައި ނަގަންޖެހޭ ހުރިހާ މަންޒަރުތަކެއް 20 ދުވަސްތެރޭ އެއްކޮށް ނަގައި ނިންމާލެވޭނެކަމަށެވެ.
މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ ”ނޮވެމްބަރ“ ގެ ޝޫޓިންތައް މާލޭގެ އިތުރުން ލ. އަތޮޅު ގަންފޮނަދޫ ގުޅާލާފައިވާ ރަށްތަކުގައާއި ކ. ތުލުސްދޫ އަދި ވެލާނާ އެއަރޕޯޓްގައިވެސް ވަނީ ނަގާފައެވެ. ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމުގައި މުހިންމު ރޯލަކުން ޢާއިޝަތު ޔާދާ އާއި ޢާއިޝަތު ޢަލީ ވެސް ފެނިގެންދާނެއެވެ.

ފިލްމު ”ނޮވެމްބަރ“ ގެ ހިތްގައިމު މަންޒަރެއް ސިންގަޕޫރުން – ފޮޓޯ: ނޮވެމްބަރ ފޭސްބްކް ޕޭޖް
ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ މޮގާގެ އަންހެނުން އައިޝަތު ފުއާދު އާއި އަހްމަދު ތޮލާލު އެވެ. ޑައިރެކްޓް ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އާއި އާއިޝަތު ފުއާދު އެވެ. ފިލްމުގެ މަންޒަރުތައް ނަގަނީ ޗިއްޕެ އާއި އަޙްމަދު ޝިނާން އެވެ. ފިލްމު ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ.

ފިލްމު ”ނޮވެމްބަރ“ ގެ ހިތްގައިމު މަންޒަރެއް ސިންގަޕޫރުން – ފޮޓޯ: ނޮވެމްބަރ ފޭސްބްކް ޕޭޖް
އަންނަ އަހަރު ސްކްރީންކުރުމަށް އަމާޒު ހިފާފައިވާ ފިލްމު ”ނޮވެމްބަރ“ ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
”ނޮވެމްބަރ“ ގެ އިތުރުން ބެލުންތެރިންނާއި ހަމައަށް އިތުރު ފިލްމްތަކެއް ގެނެސްދިނުމުގެ މަސައްކަތް ޑާކްރެއިން އިން އަންނަނީ ކުރަމުންނެވެ. އެގޮތުން ”ބަޅިނދު“ އަދި ”ބައިސާ“ގެ ޕްރޮޑަކްޝަން މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަމަށް ޑާކްރެއިނުން ވަނީ ބުނެފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




