ވިދްޔުތު ޖަމްވާލްގެ އެކްޝަން ފިލްމް ‘ކޮމާންޑޯ 3’ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައި ވާއިރު، ފިލްމުގެ ދެވަނަ ދުވަހު ބޮޑު ކާމިޔާބޯއެއް ހޯދައިފިއެވެ.
ބޮކްސް އޮފީހުގެ ރިޕޯރޓުގައި ވާގޮތުން، ‘ކޮމާންޑޯ 3’ ގެ ފުރަތަމަ ދުވަހު 4.25 ކުރޯޑު ރުޕީސް ލިބިފައި ވާއިރު، ދެވަނަ ދުވަހު 5.75 ކުރޯޑު ރުޕީސް ވަނީ ލިބިފައެވެ.
‘ކޮމާންޑޯ’ އަދި ‘ކޮމާންޑޯ 2’ ވެސް 25 ކުރޯޑު ރުޕީސް އަށް ވުރެ ބޮޑު އަދަދެއް ލިބިފައިވާއިރު، މިހާތަނަށް ޖުމްލަ 10.50 ކުރޯޑު ރުޕީސް ލިބިފައިވާ ‘ކޮމާންޑޯ 3’ އަށް ކުރީގެ ދެ ފިލްމަށް ވުރެ ބޮޑު ކާމިޔާބެއް ލިބޭނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އެކްޝަން ގިނަ މަންޒަރުތަކެއް ދައްކުވައިދޭ މި ހިތްގައިމު ފިލްމު ސީރީޒްގެ ކުރިން ނެރެފައިވާ 2 ފިލްމަށް ވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. މިއީ އެކްޝަން ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން ބަލާލަން ވަރަށް ބަރާބަރު ފިލްމުތަކެކެވެ.
މި ފިލްމުގައި ވިދުޔުތްގެ އިތުރުން އަދާ ޝަރްމާ، އަންގިރާ ދަރް، އަދި ގުލްޝަން ދަވާއިއާ ފެނިގެންދާނެއެވެ. ވިދުޔުތު ވަނީ މި ފިލްމުގައި ކޮންމެ ކަމެއް ވެސް 3 ގުނަ ފެނިގެންދާނެ ކަމަށް ބުނެފައެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ގުލްޝަން ދެވިއާ، އަދާ ޝަރުމާގެ އިތުރުން އަންގިރާ ދާރު ހިމެނެއެވެ. “ކޮމާންޑޯ 3″ގެ ޑައިރެކްޓަރަކީ އަދިތިޔާ ދަތުއެވެ.
