ފުވައްމުލަކު ހޮސްޕިޓަލުގައި ގާއިމްކޮއްފައިވާ ޑައިލަސިސް ސެންޓަރުގެ ޚިދުމަތް ފަށައިފިއެވެ.
ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
މި ޑައިލިސިސް ސެންޓަރަކީ 3 އެނދުގެ ސެންޓަރެކެވެ. މިސެންޓަރަށް އައްޑޫގައި މަސައްކަތްކުރާ ނެފްރޮލޮޖިސްޓް މަދުވެގެން ކޮންމެ ތިންމަހަކުން އެއްމަހުން ޒިޔާރާތްކޮށް ބަލިމީހުން ބައްލަވާގޮތައް ވަނީ ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގައި 7 ސަރަހައްދެއްގައި 60 މީހުންނަށް ޑައިލެސިސް ޚިދުމަތް ދެމުން ގެންދެއެވެ.
ކިޔުންތެރިންގެ ޚިޔާލު
