ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން “ފުރުޞަތު 2020” ގެ ނަމުގައި ޑިސެމްބަރު މަހުގެ 14 ވާ ހޮނިހިރު ދުވަހުގައި “އޯޕަން ޑޭ” އެއް ބޭއްވުމަށް ނިންމައިފިއެވެ.
ޑިސެމްބަރު 14 ވަނަ ދުވަހުގެ މެންދުރުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޯޕަން ޑޭ ގައި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒުން ހިންގަމުން ގެންދާ ކޯސްތަކާއި އަދި އެކިއެކި ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކޯސްތަކާއި ޕްރޮގްރާމް ތަކުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފޯމު ފުރުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ވެސް މި އޯޕަން ޑޭ ގައި ކުރިއަށްދާނެއެވެ. ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި، އާންމު ފަރާތްތަކަށް މި ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ފޮޓޯ: ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒު
އޯޕަން ޑޭ ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެންދުރު 14:00 ފެށިގެން ހަވީރު 17:45 އަށް އަދި ރޭގަނޑު 20:00 ފެށިގެން 22:00 ގެ ނިޔަލަށެވެ.
