ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަމާ ކައިރީ އަހާބަލަ! އަމާ ކައިރީ!

ދިވެހިންނަކީ ހަމަ ހަގީގަތުގައިވެސް ކަމެއް ފަށައިފިއްޔާ އެކަމަށް ގޮސް ހައްދުފަހަނައަޅާ ބައެއްކަން މިއަދު ގަބޫލު ކުރަން ޖެހިއްޖެއެވެ. އެ ގޮތުން ސޯޝަލް މީޑިއާގައި ދިވެހި ފިލްމީ ތަރި އަކަށް ތަފާތު ފާޑު ފާޑުގެ “މެމްސް” ހަދައިގެން ބުލީ ކުރުން މިވަނީ އާންމު ވެފައެވެ. ބުލީ ކުރުމަކީ ކިހާވަަރެއްގެ ކޮންކަހަލަ ކަމެއްކަން ދިވެހިންނަށް އެނގޭނެއެވެ. “ނޭނގެންޔާ  އަމާ ކައިރީ އަހާބަލަ. އަމާ ކައިރީ!” މާފްކުރާށެވެ. މި ބުނެވުނީ ތަންކޮޅެއް މަގުމަތީގެ ބަހަކަށް ވެދާނެއެވެ. އެހެންނަމަވެސް ނޭނގޭ އެއްޗެއް މަންމަ ކައިރީ އަހާލުމަކީ މައްސަލައެއް ނޫނެއްނޫންތާއެވެ.

ގަނާކުރުމަކީ އަނެކާއަށް އަނިޔާވެރި ވުމެވެ. އެއީ ޖިސްމާނީ އަނިޔާއަކަށް ވިޔަސް ނުވަތަ ނަފްސާނީ އަނިޔާއަކަށް ވިޔަސް އެކަމެއް ހިމެނެނީ ބުލީކުރުން ނުވަތަ ގަނާކުރުމުގެ ތެރޭގައެވެ. ޢާއްމު ގޮތެއްގައި ގަނާކުރެވެނީ ސްކޫލަށް ދާ އުމުރުފުރާގެ ކުދިން ސްކޫލުތެރޭގައެވެ. އެހެންނަމަވެސް ގިނަ ކުދިން އުޅޭ ގެތަކުގައިވެސް މިކަންތައް ހިނގައެވެ.

ޢާއްމުގޮތެއްގައި ހަތަރު ގޮތަކަށް ގަނާކުރެވެއެވެ. އޭގެތެރެއިން ފުރަތަމަގޮތަކީ އެއްކުއްޖަކު އަނެއްކުއްޖާގެ ހަށިގަނޑަށް އަނިޔާ ކުރުން ނުވަތަ ފިޒިކަލީ ބުލީކުރުމެވެ. މީގެ ތެރޭގައި ހިމެނެނީ ޖެހުން، ކޮއްޕުން، ވިކައިގަތުން އަދި އެނޫން ގޮތަކަށް ނަމަވެސް ހަށިގަނޑަށް އަނިޔާއެއް ދިނުމެވެ.

ދެވަނަގޮތަކީ ބަހުން ދެވޭ އަނިޔާއެވެ. ނުވަތަ ކުރެވޭ ގޯނާއެވެ. މީގެތެރޭގައި ހިމެނެނީ ކުއްޖާ ހެދިބޮޑުވެފައި ވާގޮތުން ފެންނަ އައިބަކާ ގުޅުވާފައި ވަނަން ކިޔުން ނުވަތަ އެހެން ގޮތަކުން ނަމަވެސް ޖެއްސުންކޮށް ފުރައްސާރަ ކުރުމެވެ. ނުވަތަ ބަހުންޖަހައި ކުއްޖާ ހިތްހަމަ ނުޖެހޭ ގޮތަށް އެ ކުއްޖަކަށް ގޯނާ ކުރުމެވެ. މިސާލަކަށް ފިރިހެން ކުއްޖަކާ ދިމާއަށް އަންހެން ހަސީން، މާ ބޮޑުކޮށް ފަލަ ކޮށްހުންނަ ކުއްޖަކާ ދިމާއަށް ކުލާހުގެ ބައްޕައޭ ކިޔާ ގޮވުން، އެންމެ ހިކިކޮށް ހުންނަ ކުއްޖާއާ ދިމާއަށް ސްޓިކް ބޯއި ކިޔާ ގޮވުމަކީ ވެސް ބަހުން ނުވަތަ ދުލުން ކުރެވޭ ގޯނާ އެވެ.

ތިންވަނަ ގޮތަކީޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ބުލީ ކުރުމެވެ. މިސާލަކަށް ފޭސް ބުކު ބޭނުން ކޮށްގެން އަނެކާއަށް ދެރަ ކަމެއް ލިބޭ ފަދަ ކަމެއް ކުރުމެވެ. ނުވަތަ އެހެން މީހަކަށް ގެއްލުން ވާފަދަ ކަމެއް ކުރުމެވެ.

ހަތަރު ވަނަ ގޮތަކީ ނުފެނި ތިބެ ޖަމާއަތުގެ ތެރޭގައި އަނެއް ކުއްޖާގެ ޢިއްޒަތް ގެއްލި އަބުރަށް ހުތުރު ނަމެއް ލިބޭފަދަ ގޮތަކަށް ހަގީގަތާ ޚިލާފު ވާހަކަ ފެތުރުން ފަދަ ކަންކަން ކުރުމެވެ.

މިދެންނެވި ގޮތަކީ ބުލީ ކުރުމުގެ މައިގަނޑު ގޮތްތައް ކަމުގައި ހޯދުންތަކުގައި ބަޔާން ކުރެވިފައި ވީނަމަވެސް މިނޫން ގޮތަކަށް ވެސް ގަނާކުރުމުގެ ޢަމަލު ކުދިންގެ މެދުގައި ހިންގާފައި ވާނެއެވެ. މިސާލަކަށް ކްލާސް ތެރޭގައި ކުދިން ބޭނުން ގޮތަކަށް ގްރޫޕް ހަދަން ލިބޭ ފުރުސަތު ތަކުގައި ވަކި ކުއްޖަކު ބާކީ ކޮށްފައި ބެހެއްޓުމަކީ ވެސް ކުލާހުގައި ކުދިންގެ މެދުގައި ހިނގާ ކަންތަކެވެ.

މިގޮތަށް ކަންތައް ވުމުން ހިތަށްވެސް ނުގެނެވޭފަދަ ހިތްދަތި އަސަރުތައް އެ ކުއްޖާގެ ހިތަށް ވެރިކުރުވާކަމަށް ހޯދުންތަކުންނާއި ތަޖްރިބާގެ އަލީގައި ސާބިތު ވެއެވެ.
ސޯޝަލް މީޑިއާގައިވެސް ތަފާތު އެކި ޕޯސްޓުތައް ލިޔެގެން މަަޖަލަަަކަށް ނަމަވެސް ތިކުރަނީ ހަމަ ބުލީއެވެ. މަޖަލަކަށް ނަމަވެސް ތިކުރަނީ “ސަޅި” ކަމެއް ނޫނެވެ. އަހަރެންގެ މި ވާހަކަތައް ގަބޫލު ނުކުރެވެންޏާ އަނެއްކާވެސް ބުނެލަން އޮތީ ތަންކޮޅެއް މަގުމަތީގެ ބަހަކުން “އަމާ ކައިރީ އަހާބަލަ! އަމާ ކައިރީ.”

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
އަރުފާނު6 އަހަރު ކުރިން

ލިޔުންތެރިޔާވެސް ތިޔަކުރަނީ މަލާމާތް

އަރުފާނު6 އަހަރު ކުރިން

ލިޔުންތެރިޔާވެސް ތިޔަކުރަނީ ބުލީ މަ އުޅޭހެން އުޅެބަލަ

މުނާ6 އަހަރު ކުރިން

ލިޔުމުގަ މުޅިން އޮތީ ތުއްތު ކުދިންނަށް ބުލީ ކުރެވޭ ގޮތް. ލިޔުނު ކުއްޖާ އަމާކައިރީ ފުރަތަމަ އަހާބަލަ

Ajjaibeh6 އަހަރު ކުރިން

Kaley ves thi kuree hama bully moya soraa Konthaaku mi jehunee dhen Heyverikan vebala, heyverikan

Ishaa6 އަހަރު ކުރިން

Liyan v emme furihama ah emme ragalhah miothy liyefa thafaathu rips thy man eh ♥️

Lol6 އަހަރު ކުރިން

Article dhen varah fakkaa ekamu article thereyga ves thi othy bully ennu koffa gamaaru

Alp6 އަހަރު ކުރިން

Mi liyefa huri gothun heevany ekamah support ves dhey hn... Ragalhu vaahaka eh highlight kollaafa... But eyga meehun beynun koffa huri gothah Bas magu beynun koffa hureema sakaraai... Majalakah ves Kuran nujehey kameh meee...

Assistant6 އަހަރު ކުރިން

Heyo koh thi buny, heyokoh💯

Zathu6 އަހަރު ކުރިން

Kaley ves bully kurumuga thiya baiveri vee eh nu

Home
Menu
Search
Back to top