ފިލްމު “ސްޓްރީޓް ޑާންސަރ”ގެ ޓްރެއިލަރ ދައްކާލައިފިއެވެ. އެ ފިލްމުގެ ޓްރެއިލަރ އިއްޔެ އާންމު ކޮށްފައި ވާއިރު ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.
ކާމިޔާބު ކޮރެއަގްރަފަރ، ރޭމޯ ޑިސޫޒާ އާއި ވަރުން އެކުގައި ފެނިގެންދާނެ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 24 ޖެނުއަރީ 2020 ގައެވެ.
އެ ފިލްމުގައި ވަރުން، ޕަންޖާބްގެ ނެށުންތެރިއެއްގެ ރޯލް އަދާކުރާއިރު، ޝްރައްދާ ފެނިގެންދާނީ ޕާކިސްތާނަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލުންނެވެ
ފިލްމު “ސްޓްރީޓް ޑާންސަރ”ގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ޑާންސް ގުރޫޕް ތަކެއްގެ ދެމެދުގައި ހިނގާ ތަފާތު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ.
ތަފާތު ނެށުން ތެރިންގެ ރީތި ނެށުންތައް ފެނިގެންދާނެ އެ ފިލްމަކީ މިހާތަނަށް އިންޑިއާގައި ގެނެސްދޭނެ އެންމެ ބޮޑު ޑާންސް ފިލްމަށް ވެގެންދާނެއެވެ.
މަގުބޫލް ނެށުންތެރިޔާ ނޯރާ ފަތެހީ އަދި ކޮރެއަގްރާފަރ ޕްރަބޫދޭވާގެ ރީތި ނެށުންތައްވެސް އެ ފިލްމުގައި ފެނިގެންދާނެއެވެ.
