ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ނުފިހާ ނަޓެއްލާ ޗީޒްކޭކު – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 30 މިނެޓު
⏱️ ފިނިކުރަން ބަހައްޓަންޖެހޭ ވަގުތު: 5 ގަޑިއިރު
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 12 – 16 ފޮތި

🛒 ބޭނުންވާ ތަކެތި

ބޭސް (ތިރީ ފަށަލަ):

● 200 ގްރާމް އޮރިއޯ ބިސްކޯދު (ދޮޅު ޕެކެޓު)
● 4 މޭޒުމަތީ ސަމުސާ ލޮނުނުލާ ބަޓަރު (ވިރުވާފައި)

ނަޓެއްލާ މޫސް ފިލިންގް:

● 3 ސައިސަމުސާ ޖެލަޓިން ޕައުޑަރު
● ¼ ޖޯޑު ފެން
● 500 ގްރާމް ކްރީމް ޗީޒް (މަޑުކޮށްފައި)
● ½ ޖޯޑު އައިސިން ޝުގަރ
● 1 ޖޯޑު ނަޓެއްލާ
● 1 ޖޯޑު ހެވީ ކްރީމް

ނަޓެއްލާ ގަނާޝް (މަތީ ފަށަލަ):

● ½ ޖޯޑު ހެވީ ކްރީމް
● ½ ޖޯޑު ނަޓެއްލާ
● ¼ ޖޯޑު ޑާކް ޗޮކްލެޓް ޗިޕްސް

މައްޗަށް އަޅަން:

● ¼ ޖޯޑު ހޭޒަލްނަޓް (ހަނާކޮށް ކުދިކޮށް ކޮށާފައި)
● ½ ޖޯޑު ހެވީ ކްރީމް (ވިޕް ކުރުމަށް)
● 3 މޭޒުމަތީ ސަމުސާ ނަޓެއްލާ (ކުޑަކޮށް ހޫނުކޮށްފައި)

👩‍🍳 ތައްޔާރުކުރާނެ ގޮތް

1 – ޓްރޭ ތައްޔާރުކުރުން

20 ސެންޓިމީޓަރުގެ ސްޕްރިންގްފޯމް ފިލާފައިވާ ތަބަކެއްގެ ފުލުގައި ބަޓަރު އުނގުޅުމަށްފަހު ބޭކިންގް ޕޭޕަރު އަޅާށެވެ. އަދި ތަބަކުގެ އަރިމަތީގައިވެސް ބަޓަރު އުނގުޅައި ބޭކިންގް ޕޭޕަރު ހަރުކުރާށެވެ.

2 – ބިސްކޯދު ފަށަލަ ތައްޔާރުކުރުން

● އޯރިއޯ ބިސްކޯދުތައް ފުޑް ޕްރޮސެސަރަކަށް އަޅައި ކުދިކުދި ވަންދެން މުގުރާލާށެވެ. މީގެ ތެރެއަށް ވިރުވާފައި ހުރި ބަޓަރު އެޅުމަށްފަހު ރަނގަޅަށް އެއްވަންދެން އަނެއްކާވެސް ގިރާލާށެވެ.
● މި ބިސްކޯދުތައް ތައްޔާރުކުރި ތަބަކަށް އެޅުމަށްފަހު، ތަބަކުގެ ފުލުގައި އެއްވަރަކަށް ފަތުރާލައި ބާރަށް ފިއްތާލާށެވެ.

މިވެސް ކިޔާލަން:  ރެޑް ވެލްވެޓް ޗީޒްކޭކް – މުނިއަވަސް ރަހަފަތް

3 – ނަޓެއްލާ މޫސް ތައްޔާރުކުރުން

● ކުޑަ ބޯތަށްޓަކަށް ފެން އެޅުމަށްފަހު އޭގެ މައްޗަށް ޖެލަޓިން ޕައުޑަރު ބުރުވާލާށެވެ. ކުޑަކޮށް ގިރުވާލުމަށްފަހު 5 މިނެޓު ބަހައްޓާށެވެ. ޖެލަޓިންތައް އޮލަވުމުން 15 ސިކުންތު ވަންދެން މައިކްރޯވޭވްކޮށް ދިޔާކޮށްލާށެވެ. ދެން 5 މިނެޓު ވަންދެން ހިހޫކުރަން ބަހައްޓާށެވެ.
ކްރީމް ޗީޒް، ނަޓެއްލާ އަދި އައިސިން ޝުގަރ އެއްކޮށް އޮމާންވަންދެން ގިރާލާށެވެ. މީގެ ތެރެއަށް ހިހޫކުރި ޖެލަޓިން އެޅުމަށްފަހު އިތުރު 30 ސިކުންތު ވަންދެން ގިރާލާށެވެ.
● ވަކި ބޯތަށްޓެއްގައި ހެވީ ކްރީމްކޮޅު އޮލަވަންދެން ވިޕްކުރާށެވެ.
● ވިޕްކުރި ކްރީމްގެ ތެރެއިން ތިންބައިކުޅަ އެއްބައި ނަޓެއްލާ މިކްސްޗަރަށް އެޅުމަށްފަހު މަޑުމަޑުން އެއްކުރާށެވެ. މިގޮތަށް ބާކީ ހުރި ކްރީމްތައްވެސް ދެބަޔަށް ބަހާލައިގެން މަޑުމަޑުން އެއްކުރަމުން ގެންދާށެވެ.
● ތައްޔާރުކުރި މިކްސްޗަރު ބިސްކޯދު ފަށަލައިގެ މައްޗަށް އެޅުމަށްފަހު، ސެޓްވުމަށްޓަކައި މަދުވެގެން 1 ގަޑިއިރު ފްރިޖުގައި ބަހައްޓާށެވެ.

4 – ޒީނަތްތެރިކުރުން

● ނަޓެއްލާ ގަނާޝް: ހެވީ ކްރީމް، ނަޓެއްލާ އަދި ޗޮކްލެޓް ޗިޕްސް ބޯތަށްޓަކަށް އެޅުމަށްފަހު މައިކްރޯވޭވްގައި 30 ސިކުންތުގެ ދެ ބުރުން ހޫނުކުރާށެވެ. ކޮންމެ ބުރެއްގެ މެދުގައި ގިރާލަންވާނެއެވެ.
● ގަނާޝް ކޭކުގެ މައްޗަށް އެޅުން: ގަނާޝްކޮޅު 5 މިނެޓު ވަންދެން ހިހޫކުރުމަށްފަހު، ސެޓްވެފައިވާ ޗީޒްކޭކުގެ މައްޗަށް އޮއްސާލާށެވެ. ތަބަކަށް ކުޑަ ލޮޅުމެއް ދީގެން ހުރިހާ ދިމާލަކަށް އެއްވަރަކަށް ގަނާޝް ފަތުރާލާށެވެ.
● ހޭޒަލްނަޓް އެޅުމުގެ ކުރިން މަދުވެގެން 3 ގަޑިއިރު ފްރިޖުގައި ބަހައްޓާށެވެ.
● އެންމެ ފަހުގެ ފިޔަވަޅު: ކޭކުގެ މައްޗަށް ހޭޒަލްނަޓް ބުރުވާލާށެވެ. އަރިމަތީގައި ވިޕްޑް ކްރީމް ބޭނުންކޮށްގެން މާ ޖެހުމަށްފަހު، ހޫނުކޮށްފައި ހުރި ނަޓެއްލާ މައްޗަށް އަޅާލާށެވެ.

މިވެސް ކިޔާލަން:  ނޯ ބޭކް އޯރިއޯ ޗީޒްކޭކް – މުނިއަވަސް ރަހަފަތް

އިތުރު އިރުޝާދެއް

● ކްރީމް ޗީޒް ބޭނުންކުރާއިރު “ބްލޮކް” ކްރީމް ޗީޒް ބޭނުންކުރުން މުހިންމެވެ. “ޓަބް” ގައި ހުންނަ ކްރީމް ޗީޒް މާ މަޑުވާނެއެވެ.
● ހޭޒަލްނަޓް ހަނާކުރުމަށްޓަކައި ތަވައެއްގައި ތެޔޮ ނާޅައި މެދު މިންވަރެއްގެ ހޫނުމިނެއްގައި 3 މިނެޓު ވަންދެން ކައްކާލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top