ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ރެޑް ވެލްވެޓް ޗީޒްކޭކް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 30 މިނެޓު
⏱️ ފިނިކުރަން ބަހައްޓަންޖެހޭ ވަގުތު: 5 ގަޑިއިރު
🍽️ މި ރެސިޕީއިން ތައްޔާރުކުރެވޭނީ: 12 އާއި 16 އާ ދެމެދުގެ މިންވަރަކަށް

🛒 ބޭނުންވާ ތަކެތި

ބޭސް (އަޑިއަށް):

● 200 ގްރާމް އޯރިއޯ ބިސްކޯދު (ދޮޅު ޕެކެޓު)
● 4 މޭޒުމަތީ ސަމުސާ އަންސޯލްޓަޑް ބަޓަރު (ވިރުވާފައި)

ރެޑް ވެލްވެޓް ޗީޒްކޭކް ފިލިންގް:

● 2 ސައިސަމުސާ ޖެލަޓިން ޕައުޑަރު (އެއްވެސް ރަހައެއް ނުލާ ކަހަލަ)
● 2 މޭޒުމަތީ ސަމުސާ ފެން
● 1 ޖޯޑު ހެވީ ކްރީމް (ފިނިކޮށްފައި ހުރި)
● 500 ގްރާމް ކްރީމް ޗީޒް (މަޑުކޮށްފައި ހުރި ބްލޮކް ފޯމް)
● ¾ ޖޯޑު ކާސްޓަރ ޝުގަރ (ނުވަތަ ވަރަށް ހިމުން ހަކުރު)
● 1 ސައިސަމުސާ ވެނީލާ އެސެންސް
● 150 ގްރާމް 70 އިންސައްތަ ޑާކް ޗޮކްލެޓް (ކުދިކޮށް ކޮށާފައި، ވިރުވުމަށްފަހު 3 މިނެޓު ވަރު ވަންދެން ފިނިކޮށްފައި – ގަނޑުވެފައި ނުހުންނަ ވަރަށް)
● 6 ސައިސަމުސާ ރަތް ކުލަ (ލިކުއިޑް ފުޑް ކަލަރިންގް)

ވިޕްޑް ކްރީމް:

● 1 ¼ ޖޯޑު ހެވީ ކްރީމް (ފިނިކޮށްފައި ހުރި)
● 3 މޭޒުމަތީ ސަމުސާ ކާސްޓަރ ޝުގަރ
● 1 ސައިސަމުސާ ވެނީލާ އެސެންސް

ޗޮކްލެޓް ޓޮޕިންގް:

● 2 މޭޒުމަތީ ސަމުސާ ޑާކް ޗޮކްލެޓް (ގާނާފައި)

👩‍🍳 ތައްޔާރުކުރާނެ ގޮތް

1 – ކޭކު ފިހާ ޓްރޭ ތައްޔާރުކުރުން

● 20 ސެންޓިމީޓަރުގެ ސްޕްރިންގްފޯމް ޕޭނެއްގެ އަޑީބައި ފުށުން ޖަހާލާށެވެ (މިއީ ކޭކު ނަގާއިރު ފަސޭހައަކަށެވެ). އޭގެ މަތީގައި ކުޑަ ބަޓަރުކޮޅެއް އުނގުޅުމަށްފަހު ބޭކިންގް ޕޭޕަރު އަޅާށެވެ.
● ޕޭޕަރުގެ ބައެއް ބޭރަށް ނިކުމެފައި ހުންނަ ގޮތަށް ބޭއްވުމުން ކޭކު ނަގަން ފަސޭހަވާނެއެވެ. ޕޭންގެ އަރިމަތީގައިވެސް ބަޓަރު އުނގުޅާފައި ބޭކިންގް ޕޭޕަރު ހަރުކުރާށެވެ.

މިވެސް ކިޔާލަން:  ކެރަމަލް ޗީޒްކޭކް ކުކީޒް - މުނިއަވަސް ރަހަފަތް

2 – އޯރިއޯ ބޭސް ތައްޔާރުކުރުން

● ބިސްކޯދުތައް އަތުން ބިންދާލުމަށްފަހު ފުޑް ޕްރޮސެސަރަކަށް އަޅައި ކުދިކުދިވަންދެން މުގުރާލާށެވެ. ދެން އޭގެ ތެރެއަށް ވިރުވާފައި ހުރި ބަޓަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
● ތައްޔާރުކުރި ބިސްކޯދުތައް ޕޭންގެ އަޑީގައި ރީތިކޮށް ފަތުރާލައި، ފަތި އެއްޗެއް ބޭނުންކޮށްގެން އޮބާލާށެވެ.

3 – ޗީޒްކޭކް ފިލިންގް ތައްޔާރުކުރުން

● ކުޑަ ތަށްޓަކަށް ފެން އެޅުމަށްފަހު އޭގެ މައްޗަށް ޖެލަޓިން ޕައުޑަރު ބުރުވާލާށެވެ. 5 މިނެޓު ވަންދެން ބެހެއްޓުމުން އެ ގަނޑުވާނެއެވެ. ދެން 15 ސިކުންތު ވަންދެން މައިކްރޯވޭވް ކޮށްލައިގެން ވިރުވާލާށެވެ. އަދި 3 އާއި 5 މިނެޓާ ދެމެދު ވަގުތެއްގައި ފިނިކުރަން ބަހައްޓާށެވެ. (އެއްކުރާއިރު ޖެލަޓިން ހުންނަންވާނީ ދިޔާކޮށެވެ.).
● ހެވީ ކްރީމްކޮޅު އޭގެ ބައްޓަން ހިފަހައްޓާ ވަރަށް ރަނގަޅަށް ގިރާލާށެވެ.
● ވަކި ތަށްޓެއްގައި ކްރީމް ޗީޒާއި ހަކުރު އަޅައިގެން، އޮމާންވެފައި މަޑުވަންދެން 2 މިނެޓު ވަރު ގިރާލާށެވެ. ދެން އޭގެ ތެރެއަށް ވިރުވި ޖެލަޓިން އާއި ވެނީލާ އެސެންސް އަޅައި އިތުރު 30 ސިކުންތު ވަންދެން ގިރާލާށެވެ.
● ދެން ވިރުވާފައި ހުރި ޗޮކްލެޓާއި ރަތް ކުލަ އަޅާށެވެ. 1 މިނެޓު ވަންދެން ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން ގަދަ ރަތް ކުލައެއް އަންނާނެއެވެ.
● ކުރިން ގިރާފައި ހުރި ކްރީމްގެ ތިންބައިކުޅަ އެއްބައި ޗީޒް މިކްސްޗަރ ތެރެއަށް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. ދެން ބާކީ ހުރި ކްރީމްތައްވެސް އަޅައިގެން މަޑުމަޑުން އެއްކޮށްލާށެވެ.
● ތައްޔާރުކުރި މިކްސްޗަރ ޕޭންގެ ތެރެއަށް އޮއްސާލުމަށްފަހު، މަދުވެގެން 6 ގަޑިއިރު ވަންދެން ފްރިޖުގައި ފިނިކުރަން ބަހައްޓާށެވެ.

މިވެސް ކިޔާލަން:  ނޯ ބޭކް އޯރިއޯ ޗީޒްކޭކް – މުނިއަވަސް ރަހަފަތް

4 – ޒީނަތްތެރިކުރުން

● ކޭކު ރަނގަޅަށް ގަނޑުވުމުން ޕޭންގެ އަރިމަތި ނައްޓާލާށެވެ. އަދި ބޭކިންގް ޕޭޕަރު ބޭނުންކޮށްގެން ކޭކު ތަބަކަކަށް ބަދަލުކުރާށެވެ.
● ވިޕްޑް ކްރީމް ތައްޔާރުކުރުމަށް ކްރީމް، ހަކުރު އަދި ވެނީލާ އެސެންސް އެއްކޮށް ގިރާލާށެވެ.
● ކޭކުގެ މަތީގައި ކްރީމްތައް އަތުރާލުމަށްފަހު، މައްޗަށް ޗޮކްލެޓް ގާނާފައި ބުރުވާލާށެވެ.

އިތުރު މައުލޫމާތު:

● އޯރިއޯ ބިސްކޯދުގެ ބަދަލުގައި އެހެން ޗޮކްލެޓް ބިސްކޯދެއްވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް އެފަދަ ބިސްކޯދު ބޭނުންކުރާނަމަ އިތުރު ބަޓަރުކޮޅެއް އަޅަންވާނެއެވެ.
● ކްރީމް ޗީޒް ބޭނުންކުރާއިރު “ބްލޮކް” ފޯމުގައި ހުންނަ ވައްތަރު ބޭނުންކުރުން މުހިންމެވެ.
● 70 އިންސައްތަ ކޮކޯ ހުންނަ ޑާކް ޗޮކްލެޓް ބޭނުންކުރުމުން ކޭކުގެ ކުލަ ރީތިވާނެއެވެ.
● މި ކޭކު ފްރިޖުގައި 5 ދުވަސް ވަންދެން ބެހެއްޓޭނެއެވެ. ނަމަވެސް ފްރީޒްކުރުމަކީ ރަނގަޅުކަމެއް ނޫނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top