ކުރިއަރަމުން އަންނަ ރެކޯޑް ލޭބަލް ‘އިއްޔަ ރެކޯޑްސް’ އިން މި ހިނގާ ޑިސެމްބަރު މަހު 01 ން 14 އަށް ލ. ގަމަށް ވޮއިސް ސްކައުޓްކުރުމަށް ދަތުރެއް ކޮށްފިއެވެ.
މީސްމީޑިއާއަށް މި ދަތުގެ ވާހަކަތައް ސިއްރުކުރީ މި ދަތުރަކީ މަޝްހޫރު ބޮޑުބެރު ގްރޫޕަކާއެކު ކުރި ދަތުރަކަށް ވުމާއެކުގައި ކަމަށް އިއްޔަރެކޯޑްސް އިން ބުނެއެވެ.
އިއްޔަ ރެކޯޑްސް އިން ލާމަށް ދަތުރުކުރީ މަޝްހޫރު ބުންޒީލަ ބޮޑުބެރު ގްރޫޕާއެކުގައެވެ. ބުންޒީލަ އަކީ ރާއްޖޭގެ ބޮޑުބެރުގެ ތާރީޚްގައި ބޮޑުބެރަށް ބޮޑު ބަދަލުތަކެއް ގެނެސްދިން ގްރޫޕެކެވެ. އެގޮތުން މި ޒަމާނުގައި މި ފެންނަ ގޮތަށް ކޮޅަށްތިބެ ބޮޑުބެރު ޖަހަން ފެށީ ބުންޒީލައިންނެވެ.
އިއްޔަ ރެކޯޑްސްގެ ޓީމުގެ މެންބަރުންވެސް ހިމެނޭގޮތަށް ބުންޒީލަ ބޮޑުބެރުން ދިން ލައިވް ޕާފޮމަންސް ފެނި ލާމުގެ ކުރިއަރަމުން އަންނަބޮޑުބެރު ގްރޫޕުތަކުން ވަނީ ބުންޒީލަގެ ހުށައެޅުމަށް ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. ބުންޒީލަ އާއެކު ލާމު ގްރޫޕްތަކުން ޝޯ ކުޅުމުގެ ފުރުޞަތު ލިބުމުން އެކަމާ އުފާ ފާޅުކޮށް ފޭސްބްކް ގައި އެ ހުށައެޅުންތަކުން ލަވައެއް ޝެއާރކޮށްފައިވެސް ވެއެވެ.
އިއްޔަ ރެކޯޑްސް އަކީ މިއަހަރު އޭޕްރީލް މަހު އުފަންވި ރެކޯޑް ލޭބަލް އެއް ނަމަވެސް އެމީހުން މިވަނީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ކުރު މުއްދަތެއްގެ ތެރޭގައި ހިޓް ލަވަތަކެއް ނެރެފައެވެ. މީގެ އިތުރުން މި ދާއިރާއަށް އާ އާޓިސްޓުންތަކެއް ވެސް ނެރެދީފައިވެއެވެ.
އިއްޔަ ރެކޯޑްސް އިން ލާމަށް ކުރި ދަތުރުގައި ހޮވާލެވުނު ލަވަކިޔުންތެރިއަކީ ކޮބައިތޯ ބަލައިލުމަށް އިންތިޒާރުކޮށްލަމާ ހިނގާށެވެ. ހަމަ ގައިމުވެސް އިއްޔަ ރެކޯޑްސް އިން ނެރޭނީ ރަނގަޅު ޕްރޮޑަކްޓެއްކަން އެމީހުންގެ ޓްރެކް ރެކޯޑުން ދައްކައެވެ.
އިއްޔަ ރެކޯޑް އިން ނެރުނު “ވަގުތު” ލަވައިގެ ފިރިހެން ވާޝަން މިހާރު ނިމިފައިވާއިރު އެ ލަވަ ރިލީޒްވާނެ ވަގުތަކަށްވެސް ގިނަބަޔަކު އަންނަނަނީ އިންތިޒާރުކުރަމުންނެވެ. ލަވައިގެ ފިރިހެން ވާޝަން ކިޔާފައިވަނީ ޒުވާން ލަވަކިޔުންތެރިޔާ ފަރަޝް އެވެ. ފަރަޝް އަކީވެސް އިއްޔަ ރެކޯޑްސްއާ ގުޅިފައިވާ ހުނަރުވެރި ފަންނާނެކެވެ.
“ވަގުތު” ލަވައިގައި ކޮށްފައިވާ މަސައްކަތަށް މުސްތާޤް ވަނީ އިއްޔަ ރެކޯޑްސްގެ ސީއީއޯ އުލްޔާ އަށާއި، ލިރިސިސްޓް ފަތީން އަދި ކޮމްޕޯސަރ ޝާޒް އާއި ޓްރޯއަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
އިއްޔަ ރެކޯޑްސްގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި