1989ގެ ފަހުކޮޅުން ފެށިގެން 90ގެ އަހަރުތަކުގައިވެސް ބޮލީވުޑްގައި ރަނިކަން ކުރި ހުނަރުވެރި ބަތަލާ ޖޫހީ ޗައުލާ އޭނާގެ އާއިލާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
ޖޫހީގެ ޓްވިޓަރ އާއި އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން ފޭނުންނާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ސަންސެޓް ކްރޫސް ދަތުރެއްގައި ކޯމަސްތަކެއް އެމީހުންނަށް ފެނިފައިވާކަން އޭނާ ވަނީ ޓްވިޓަރ މެދުވެރިކޮށް ފޭނުންނާ ހިއްސާ ކޮށްފައެވެ.
ހިންދީ ފިލްމީ ދުނިޔެއަށް ޖޫހީ ނުކުމެފައިވަނީ ފިލްމު “ސުލްތާނަތު” އިންނެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އާމިރު ޚާން އާއެކު ކުޅެފައިވަ ފިލްމް “ގަޔާމަތުސޭ ގަޔާމަތު ތަކް” އިންނެވެ.
ޖޫހީ، ޖޭ މެހެތާއާއި ކައިވެނި ކޮށްފައިވަނީ އަލަށެވެ. ޖޭ މެހެެތާ ވަނީ ޖޫހީގެ ކުރިން އެހެން މީހަކާ ކައިވެނި ކޮށްފައެވެ. މިހާރު މި ދެމަފިރިންނަށް ދެ ކުދިން ލިބިފައިވާ އިރު އޭނާ ރާއްޖެ އައިސްފައިވަނީ ފިރިމީހާ އާއި ދަރިންނާއެކުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!