2018ވަނަ އަހަރު މާރިޗު 5ގައި ހުސެން ޖިނާން ޝަރީފް (ޖީނީ) ވުޖޫދު ކުރި “ޔުނިކޯ ބީޓްސް ސްޓޫޑިއޯ” އަކީ ތަފާތު ހުނަރުވެރި ޒުވާން ލަވަ ކިޔުންތެރިން ވުޖޫދު ކުރި ކާމިޔާބު ސްޓޫޑިއޯއެކެވެ.
2018ވަނަ އަހަރު ސެޕްޓެމްބަރު 4ގައި ޔުނިކޯއިން “ރޮއެފާ”ގެ ނަމުގައި ނެރުނު ލަވައަކީ އެ ސްޓޫޑިއޯއިން ހީނުކުރާވަރުގެ ކާމިޔާބެއް ލިބިފާވާ ލަވައެކެވެ. ރާއްޖޭގެ ފުރަތަމަ އޮންލައިން މިޔުޒިކް ސްޓްރީމިންގް އެޕް ލަވަފޮށީގެ 2018 އަދި 2019 އަހަރުގެ ޓޮޕް 50ގައި މިލަވަ ވަނީ ހިމެނިފައެވެ.
މިއަހަރު “ޔުނިކޯ ބީޓްސް ސްޓޫޑިއޯ“އިން ‘ޓްވެންޓީވަން‘ އާއި ގުޅިގެން “ރޮއެފާ”ގެ ރިމިކްސްއެއް ހަދާ ‘ޓްވެންޓީވަން‘ގެ ފޭސްބުކް ޕޭޖަށްވަނީ އަޕްލޯޑުކޮށްފައެވެ. މީގެ އިތުރުން ރަސްމީކޮށް މި ލަވަ، ލަވަފޮޓަށް 2020 ޖެނުއަރީ 01ގައި ނެރޭނެކަމަށް ޖީނީ ބުނެއެވެ. ޓްވެންޓީވަން އިން އަނަނީ މަޑު މަޑުން އެތައް ބައެއްގެ ހިތްތައް ދަމައިގަންނަމުން ކަން އެމީހުންގެ އުފެއްދުންތަކުން އެނގެއެވެ. ކުރިއަށް އޮތް ތަނުގައި ‘ޓްވެންޓީވަން‘ އާއި ގުޅިގެން ތަފާތު އެތައަ ލަވަތަކެއް ހަދާނެކަމަށް ޖީނީ ބުނެއެވެ.
“ޔުނިކޯ ބީޓްސް ސްޓޫޑިއޯ” ވުޖޫދަށް އައީ ހަމަ އެންމެ ބޭނުމެއްގައި ކަށާއި އެއީ ހިޕްހޮޕަށް ދިވެހިންގެ ލޯބި އިތުރުކުރުން ކަމަށަ ޖީނީ ބުނެއެވެ. “ރޮއެފާ” އަކީވެސް އެކަން ސާބިތުކޮށްދޭ މިސާލެކެވެ. ރިމިކްސް އަދި މާ ބޮޑަށްވެސް ހިތްގައިމުވާނެކަން ޔަގީނެވެ.
https://www.facebook.com/2wentyOneofficial/videos/447543905924968/?v=447543905924968
“ޔުނިކޯ ބީޓްސް ސްޓޫޑިއޯ“ގެ މީޑިއާ ފާޓްނަރަކީ މުނިއަވަސް އެވެ.
