ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޕްރޮޑިއުސްކޮށް ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން އުފައްދާ ”ލޯބިވެވިއްޖެ“ގެ 70 އިންސައްތަ ޝޫޓިން ނިމިއްޖެ ކަމަށް ސީޒަން ބުނެފިއެވެ.
ގދ. ތިނަދޫގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން ތިނަދޫގައި ވަރަށް ބާރު ސްޕީޑްގައި ފިލްމުގެ ޝޫޓިން އަންނަނީ ކުރަމުންނެވެ. ތިނަދޫ ޒުވާނުންގެ ޓީމެއް ކެމެރާގެ ފަހަތުގައާއި ކުރިމަތީގައި ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ޓިކްޓޮކްގައި އެންމެ އުހުގައި ވިދާ ތިނަދޫ ބައެއް ޒުވާނުން ކެމެރާ ކުރިމަތިން ފެނިގެންދާނެ ކަމަށް މަޢުލޫމާތު ލިބެެެއެވެ.
މަލްޓި ކާސްޓެއް ހިމެނޭ ”ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)، ނިޝާ (ނިޝްކޮ) ގެ އިތުރުން ޢަލީ ޝަމީލް ހިމެނެއެވެ.
ތިނަދޫގެ އިތުރުން މި ފިލްމުގެ 50 އިންސައްތަ ޝޫޓިން އަވަށްޓެރި ސްރީ ލަންކާގައިވެސް ނަގާނެއެވެ.
ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
”ލޯބިވެވިއްޖެ“ފިލްމު ޑައިރެކްޓްކުރަނީ ސީޒަންއެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރަނީ ދަބާ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި