އިހު ވާހަކަ – ޑޮކިއުމެންޓްރީ އަކީ 1434 ވަނަ އަހަރުގެ އަޟްޙާ ޢީދު ވަރަށް ކުލަގަދަ ކޮށް ލ. ފޮނަދޫ ބަރާސިލު އަވަށުގައި ފާހަގަ ކުރުމުގެ ގޮތުން، ރައްޔިތުންގެ ބައިވެރިވުން ހޯދުމަށާއި ޢީދުގެ ކުޅިވަރުތަކާއި ބެހޭ މަޢުލޫމާތާއި ޚަބަރު ގެނެސްދިނުމަށް އެ އަހަރު ނެގުނު ޢީދު ކޮމިޓީގެ ފަރާތުން ބަރާސިލު އަވަށުގައި ހިންގި ވީޑިއޯ ޗެނެލް އެއްގައި ދެއްކުމަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ އެކެވެ.
މި ޑޮކިއުމެންޓްރީގެ ނަމުން ދޭހަވާނޭފަދައިން މީގައި ދެކެވިފައިވާ ވާހަކަތަކަކީ އިހުގެ ބައެއް ކަންކަން ހުރިގޮތް އަދުގެ ޖީލުތަކަށް އަންގައިދިނުމަށް ހިމަނާފައިވާ މަޢުލޫމާތު ތަކެކެވެ. ސިލްސިލާއެއްގެ ގޮތަށް ތައްޔާރުކުރަން ފެށުނު މި ޕްރޮގްރާމްގެ މި އެޕިސޯޑްގައި އަލިއަޅުވާލެވިފައި ވަނީ ލ. ފޮނަދޫ ބަރާސިލު އަވަށުގައި ހަރުބީ އާއި ލަނގިރި ކުޅިވަރު ކުޅެންފެށުނު ގޮތާއި އެކަމަށްޓަކައި އެކި ދުވަސްވަރު ކުރެވުނު މަސައްކަތްތަކުގެ މަޢުލޫމާތު، އެކަންކަމުގައި އުޅުނު މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި މީހުންގެ ބަސްދީގަތުންތައް ހިމަނައިގެންނެވެ.
މީގެ އިތުރުރަށް މި ޑޮކިއުމެންޓްރީގައި ރާއްޖޭގައި ލަނގިރި ކުޅިވަރު ކުޅެން ފެށުނުގޮތާއި މެދު ތައްޔާރުކޮށްފައިވާ ކުރު ރިޕޯޓެއްވެސް ހިމެނިފައި ވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!