ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މިންޖުނުވެވުނު “ރޫ ބަރި”

ދިރާސީ އައު އަހަރެއްގެ ކިޔެވުން ފެށުނީ އެވެ. ކޮންމެ ބެލެނިވެރިއެއް ވެސް އެމީހަކަށް ކުރެވުނު އެންމެ ފުރިހަމައެއްކޮށް ދަރިން ތައްޔާރުކޮށް ޔުނީފޯމް ލައްވައިގެން ހިނިތުންވުމާއެކު ސުކޫލު ކައިރީ ހުންނައިރު އިރުއިރުކޮޅާ ދަރިފުޅަށް ހަނދާންކޮށްދެނީ މަޑުން ހުރުމަށެވެ. ޔުނީފޯމް ހަޑިވެދާނެތީއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އުނދަގޫ ހާލުން އިސްތިރިކޮށް ރީތިކޮށްލި ދޮންކަމަނަގެ ޔުނީފޯމްގެ “ރޫ ބަރި” ހަޑިވެއްޖެއްޔާ ކިހާ ދެރަހެއްޔެވެ.

ރާއްޖޭގެ ގާތްގަނޑަކަށް  ހުރިހާ ސުކޫލެއްގައިވެސް މި ރޫބަރި ލީ ޔުނީފޯމް ބޭނުންކޮށްފައި ނުވަތަ ދަނީ ބޭނުންކުރަމުންނެވެ. މާލޭގެ ގިނަ ސުކޫލުތަކަކުން މި ރޫބަރި ނެތް ޔުނީފޯމަކަށް ޔުނީފޯމް ބަދަލުކޮށް ޒަމާނީ މިންގަނޑަށް ޔުނީފޯމްތައް ބަދަލުކޮށްފައިވަނީ ހަމަ ދާދި މިދާކަށް ދުވަހަކުއެވެ. އެހެންނަމަވެސް އަތޮޅުތެރޭގައި އަދިވެސް ހަމަ އެއްކަލަ ރޫބަރި ލީ ޔުނީފޯމް ދަނީ ބޭނުން ކުރަމުންނެވެ. 

“އަޅުގަނޑުމެން ކުޑައިރުވެސް ލީ މި ރޫބައި ލީ ހުދު ޔުނީފޯމް. މިއަދު ދަރިފުޅުވެސް ހަމަ މީތި. ސިސްޓަމް އަޕްޑޭޓް ވާން ވެއްޖެއްނު.” ސަލާމަތް ނުވި “ރޫބަރި” އާމެދު މީސްމީޑިޔާގައި ނުރުހުން ފާޅުކޮށް ބެލެނިވެރިއަކު ބުނެފައިވެއެވެ. 

“ކޮންމެ މީހަކަށް އަމިއްލަ ސުކޫލުތަކަށް ދަރިންނެއް ނުފޮނުވޭނެ. ރޫ ބަރިލީ ހުދު ޔުނީފޯމަށް ނޫނެކޭ ބުނަމާ!” އެހެން މީހަކު ބުނެފައިވެއެވެ. 

ކޮންމެއަކަސް ކުރީ ޒަމާނުގައި ނަމަ ރޫބައި އަމިއްލައަށް ފަހައިގެން ލެއްވި ޒަމާނުގައި އަޅުގަނޑުމެންގެ މައިންބަފައިން ރޫބައި ފަހަން އުޅުނު ހާލު ގައިމުވެސް އަޅުގަނޑު ނުދެކެމެވެ. އަނެއްކާ ފެހުމަށްފަހު ގަޑި ދެގަޑި އިރު ހޭދަކޮށްގެން ރޫބައި ރީތިކޮށް ސީދަލަށް އިސްތިރިކުރުމަކީ އޮޅިފައި އޮތް ބަރަންޏެއް މޮހުން ފަދަކަމެކެވެ. 

“އަހަރުމެން އައު ޔުނީފޯމް އިސްތިރި ކުރަން ތިބެނީ ހޭލާ. އެކަކު ވަރުބަލި ވީމަ އަނެކަކު. ރޫބައި އިސްތިރި ނުކޮށްވާނެ ދުވަހެއް ދައްކަވާތޯ އޭރުން ސުރެ ދުޢާ ކުރަން. މިހާރު ދަރިންގެ ޔުނީފޯމް އިސްތިރި ކުރަން ޖެހުނީމަ އަންނަނީ ފާޑެއްގެ ރުޅިއެއް.” އެކުވެރިއަކު ބުންޏެވެ. 

ކޮންމެއަކަސް ރޫބަރިލީ ހުދު ޔުނީފޯމްގެ ރޫބައިިން ސަލާމަތް ނުވިކަމީ ވަރަށް ގިނަ ބަޔަކު، ޚާއްސަކޮށް އަތޮޅުތެރޭގެ ބެލެނިވެރިންގެ ބޮޑު ޝަކުވާއެކެވެ. މިއީ އުމުރުދުވަހު އުއްމީދުކޮށްވެސް މިންޖުނުވެވުނު “ރޫބަރި”އެކެވެ.​

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Fahuruverivan6 އަހަރު ކުރިން

Aharemen ves Lee Hama thi roo Bari Lee hudhu uniform.mihaaru aharemen ge dharin ves lany Hama thi roobari Lee hudhu uniform.isthiri kuraakah ves thibunaahaa undhaguleh noon.kuraa hithun kuranee.miulhey baeh meehun maa kanthah bodu kuranee viyya I love roobari uniform

Boa halaaku6 އަހަރު ކުރިން

Haadha dhen kanthah bodey dho mihaaru miulhey meehun.aharemen ves lee thiya uniform.alah roo nagaakah ves isthiri kuraakah ves evves udhaguleh noon

Home
Menu
Search
Back to top