ކުކުޅު ހަމަކީ ކެއުން ރަނގަޅުނޫން އެއްޗެކޭ ބުނާއަޑު އެތައް ފަހަރަކު އިވިފައި ވާނެއެވެ. އޭގައި ހަށިގަނޑު ފަލަކޮށްދޭ ސަރުބީ ހުންނަ ކަމަށާއި ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރ މައްޗަށްދާ ކަމަށާއި ހިތުގެ ބަލިތަކަށް މަގުފަހި ކުރާކަމަށް ބުނެ އުޅުނެވެ. ނަމަވެސް ދާދި ފަހުން ކުރި ދިރާސާއަކުން މިއީ މުޅިން ކުށްހީއެއް ކަމަށް ސާބިތު ކޮށްދީފިއެވެ. ކުކުޅު އޭގެ ހަމާއެކު ކެއުމަށް ބޭނުން ކުރާށެވެ.
ކުކުޅުހަން މެދުމިންވަރަކަށް ކެއުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއް ނޫންކަމަށް ހާވާޑް ޔުނިވަރސިޓީގެ ސިއްހީ މާހިރުންތަކެއް ބުނެފިއެވެ. ނަމަވެސް އެތައް ދަހަރެއް ވަންދެން މިއީ ސިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމަށް ހީކުރެވިފައި ވެއެވެ. މިއީ ސިއްހަތަށް ވަރަށް ފައިދާހުރި އެއްޗެއްކަމަށް މިހާރު ވަނީ ހޯދިފައެވެ.

މީގެ ކުރިން ނުކައި ދޫކޮށްލި ކުކުޅު ހަމަކީ ހިތުގެ ދުޝްމަނެއް ނޫންކަމަށް ހާމަވުމަކީ ވަރަށް ބޮޑަށް އަންތަރީސް ކުރުވި ކަމެކެވެ. ސަރުބީ ހުންނާތި އެވޮކާޑޯ ނުކައި ދޫކޮށްލި ފަދައިންނެވެ. ކުކުޅު ހަމުގައި އެކުލެވެނީ އަންސެޗުރޭޓަޑް ފެޓް އެވެ. އެއީ ހިތުގެ “ރަހްމަތްތެރި” އެކެވެ. އަންސެޗުރޭޓަޑް ފެޓުން ލޭގެ ޕްރެޝަރ ހަމައަކަށް އަޅުވައިދީ ނުބައި ކޮލެސްޓްރޯލް ލެވެލް ކޮށްދީ ހޯމޯންގެ މިންހަމަ ކޮށްދެއެވެ. ހަންނޮޅި ކުކުޅަށްވުރެ ހަމާއެކު ހުންނަ ކުކުޅުގެ ކޮލެސްޓްރޯލް މިންވަރު ވަކި މައްޗެއް ނޫނެވެ.
މީރުކޮށް ކުކުޅު ކާލަން ބޭނުންނަމަ ހަމާއެކު ހުންނަ ކުކުޅު ޚިޔާރު ކުރާށެވެ. މީގެ ކުކުޅުގެ ރަހަ ހެޔޮވަރު ކުރަން ވަކި އިތުރަށް ލޮނު އަޅާކަށް ނުޖެހޭނެއެވެ. އެނގޭނެފަދައިން ލޮނަކީ ސިއްހަތަށް ރަނގަޅު އެއްޗެއް ނޫނެވެ. ވީމާ ލޮނު ބޭނުންކުރާވަރު ވީހާވެސް މަދު ކުރެވޭނީ ހަމާއެކު ކުކުޅު ބޭނުންކޮށްގެންނެވެ.
ގަދަގިނީގައި ކުކުޅު ކައްކާއިރު އެއަށް ވަރަށް ގިނައިން ތެޔޮ ވަންނާނެއެވެ. ހަމާއެކު ހުންނަ ކުކުޅަށް ތެޔޮ ވަނުން މަދުވާނެއެވެ. ވީމާ ކެއްކުމުގައި ހަން ނުނޮޅައި ހުންނަ ކުކުޅު ބޭނުންކުރާށެވެ.
ހަމަކީ ކުކުޅުގެ އެންމެ މީރު ބައެވެ. ކުކުޅުގެ ހަން ބާކީކޮށްލި ޒަމާން މާޒީވެ ހިނގައްޖެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ ކުކުޅު ހަމުގައި އޮމެގާ 3 އަށްވުރެ އޮމެގާ 6 ގިނަ ވާނެކަމެވެ. ވީމާ ކުކުޅުހަން މާގިނައިން ކައިފިނަމަ ފިތްނެގުން އެކަށީގެންވެއެވެ. މެދުމިންވަރަކަށް ކެއުން މުހިންމުވަނީ މިހެން ވެގެންނެވެ.
މަޢުލޫމަތު:
https://www.stethnews.com/2142/stop-removing-chicken-skin-its-actually-good-for-you-doctors/?fbclid=IwAR0uWSUHCE6Tl_SRVEs3qHU2rVeWQ2MofCcjtSw5BxwOUP3CHzszpOacZ1o
