ރާއްޖޭގެ އެންމެ ކާމިޔާބު ވެބް ސީރީޒް ”ހުވާ“ ގެ ދެވަނަ ސީޒަންގެ ޝޫޓިން ފެށިތާ ދުވަސްތަކެއް ވެފައިވާއިރު، ބެލުންތެރިން އިންތިޒާރުކުރަމުން އަންނަނީ ސީރީޒް ދައްކަން ފަށާނެ ދުވަހަކަށެވެ. ”ހުވާ-2″ އަށް އައު ތަރިންތަކެއް ހިމެނިފައިވާއިރު، މި ސީޒަންގައި އަނެއްކާވެސް މުންތަސިރު (ފުބޫ) އެނބުރި އަންނާނެކަމުގެ އިޝާރާތެއް މިވަނީ ކެމެރާގެ ފުރަގަހުން ލިބިފައިވާ ވީޑިއޯ ކްލިޕަކުން އެނގިފައެވެ.
“ހުވާ”ގެ ސީޒަން އެކަކުން ފެނިގެން ދިޔަ މުންތަސިރަކީ، ހާނިމް (ޔޫއްޕެ)ގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ކުއްވެރިއެކެވެ. ހަމަ ގައިމުވެސް މުންތަސިރު އެނބުރި އައުން ވެގެންދާނީ “ހުވާ”ގެ ލޮނު އިތުރަށް ހެޔޮވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
https://www.facebook.com/Huvawebseries/videos/2538934602892913/?v=2538934602892913
”ހުވާ-2″ގެ ކެމެރާގެ ފުރަގަހުން ލިބިފައިވާ އިތުރު ވީޑިއޯ ކްލިޕްތަކަށް ބަލާއިރު، ދެންވެސް ހުރީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ، ޝައުޤުވެރި ޑައިލޮގްތަކަކާއި މަންޒަރު ހިމެނޭ ކްލިޕްތަކެކެވެ.
https://www.facebook.com/Huvawebseries/videos/2722321924473219/?v=2722321924473219
https://www.facebook.com/Huvawebseries/videos/439665230255707/
