ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޔޫއްޕެގެ ވެބް ސީރީޒެއް ދިރާގު ޓީވީއަށް

ދިރާގު ޓީވީގެ ފުރަތަމަ ވެބް ސީރީޒް ހެދުމަށް ޔޫއްޕެ ޕްރޮޑަކްޝަނާ އެކު އެ ޓީވީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރާއްޖޭގެ އެންމެ ހުނަރުވެރި ފިރިހެން އެކްޓަރ ޔޫސުފު ޝަފީޢުގެ ‘ޔޫއްޕެ ޕްރޮޑަކްޝަން’ އާއި ދިރާގާ ގުޅިގެން އުފައްދާ ސީރީޒް، ދިރާގު ޓީވީގެ ވީއޯޑީ އޮން ޑިމާންޑް ލައިބްރަރީން މި އަހަރު ތެރޭގައި ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެެެއެވެ.

ޔޫއްޕެއަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ކުޅަދާނަ ސްކްރީން ރައިޓަރުންނާއި ޑައިރެކްޓަރުންގެ އެންމެ ކުރީ ސަފުގައި ހިމެނޭ ފަންނާނެކެވެ.

ޔޫއްޕެ އުފައްދާ ވެބް ސީރީޒްގެ އިތުރު މަޢުލޫމާތެއް މިހައިތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top