ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަނދަރާއި އެކު ފެހެންދުއަށް އުފާވެރިކަން

ފެހެންދޫގައި ބަނދަރު ހެދުމުގެ މަސައްކަތް އަމަލީ ގޮތުން މިއަދު ފަށަފިއެވެ.  ޞަލަވާތުގެ ބަރަކާތުން މި މަޝްރޫޢު މިއަދު 6.00 ގައި ފެށިއިރު ފެހެންދޫ ކައުންސިލާއި ރައްޔިތުންވެސް ވަނީ މި މަސައްކަތް ބަލާލުމަށް އެ ސަރަޙައްދަށް ގޮސްފައެވެ.

އެމްޓީސީސީ އާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެފަރާތާއި ހަވާލުކޮށްފައިވާ އެއްބަސްވުމުގައި ރަށުގެ ބަނދަރު ފުންކޮށް، ބޭރުތޮށި ހަދައި ރިވެޓްމަންޓް ޖެހުމާއި އަދި ބޭރު ތޮށި ހެދުމުގެ އިތުރުން ނެރު ބައްތިތައް ޖެހުމާއި ރޭމްޕްތައް ހެދުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

ފެށުނީއްސުރެ ލަފާފުރުމުގެ ދަތިކަން ތަޙައްމަލު ކުރަމުން އަންނަ މިރަށުގެ ރައްޔިތުންނަށް މިއަދު މިވަނީ އުއްމީދުގެ ހުޅުކޮޅު އަލުން ދިއްލިފައި ކަމަށް ރައްޔިތުން ސިފަ ކުރެއެވެ.
“ވަރަށް އުފާވޭ މިއަދު.. އުއްމީދުކުރަނީ އެއްބަސްވުމުގައި ވާގޮތަށް މި ބަނދަރު ހަދައި ނިމޭނެކަމަށް … އަޅުގަނޑުމެން ދެކެން ބޭނުން އަތޮޅު ފެރީ މިރަށަށްވެސް ކައިރިކުރެވޭނެ ދުވަހެއް… މިހާރު މިޖެހެނީ ވިޔަފާރި މުދާވެސް ޑިންގީގައި ގޮއިދޫއަށް އެތައް ދަތުރެއް ކޮށްގެން ގެންނަން.. ފަންވިނދެގެން ވިއްކާ މީހުންވެސް ދޯނި ކައިރި ނުކުރެވޭތީ ފަންކޮޅުވެސް ޑިންގީގައި ގޮއިދޫއަށް ގެންދަން… ފަނުގެ ހަމަ އަގެއް ނުލިބޭ އިތުރު ޚަރަދެއް ކުރަން ޖެހޭތީ.. މިހުރިހާ ކަމަކަށްވެސް ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރަނީ.” ފެހެންދޫ ރައްޔިތަކު ބުންޏެވެ.

ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ ރައްޔިތުންގެ މޫނުމަތިން މިއަދު އުފާވެރިކަން ފެންނަކަމަށެވެ. ލަފާފުރުމުގެ ދަތިކަށް ހައްލުކުރުމަށް ކުރަމުންދިޔަ މަސައްކަތް މިއަދު ހަޤީޤަތަކަށް ވެފައި ވާކަމަށް މޫސަ ވިދާޅުވިއެވެ.

“މިއީ މިރަށަށް އެއްމެ މުހިންމު އެއް މަޝްރޫޢު.. ބަނދަރު ނެތުމުގެ ސަބަބުން ބަންދުވެފައިވާ ހުރިހާ ދޮރެއް ހުޅުވިގެންދާނެ.. ރަށުގެ ތަރައްޤީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް މިއީ.” މޫސަ ވިދާޅުވިއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top