ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޖިންސީ އަނިޔާއާއި ދެކޮޅަށް ގޮއިދޫގައި ހިނގާލުމެއް

​ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް އަޑުއުފުލައި ހިނގާލުމެއް ގޮއިދޫގައި ބާއްވައިފިއެވެ.

ގޮއިދޫ ކައުންސިލާއި ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ ގެ އިސްނެގުމާއި އެކު ކުރިއަށް ގެންދިޔަަ މި ހިނގާލުމުގައި ގޮއިދޫގެ އެހެނިހެން މުއައްސަސާތަކާއި ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިއަދުހަވީރު ކުރިއަށް ގެންދިޔަ ހިނގާލުމުގައި ޖިންސީ އަނިޔާއާއި ދެކޮޅަށް ރައްޔިތުންގެ ޝުޢޫރުވަނީ ފާޅުކޮށްފައެވެ.

ހިނގާލުން ނިންމާލަމުން ގޮއިދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުހައްމަދު  އާމިރު  ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ މިފަދަ ޖިންސީ އަނިޔާއެއްގެ ކުޑަވެސް އިޝާރާތެއް ވާނަމަ އަވަހަށް ރިޕޯޓް ކުރުމަށެވެ.

“ބެލެނިވެރިންވެސް ކުދިން ތަރުބިއްޔަތު ކުރުމުގައި އެކުއްޖެއްގެ އުމުރާއި ގުޅޭގޮތަށް މިކަމާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް.” އާމިރު ވިދާޅުވިއެވެ. 

މިމަހުގެ 15 ވަނަ ދުވަހު އުމުރުން ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކު ރޭޕްކުރުމުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައިވަނީ ޖިންސީ އަނިޔާއާއި ދެކޮޅަށް ތެދުވުމަށް ގޮވާލައި އެއްވުންތައް ބާއްވާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top