ނޯޓީ ފޯޓީގެ ސީކްއަލް، ބިރުވެރި ކޮމެޑީ ފިލްމު ”ފޯޓީ ޕްލަސް“ ބަލައިލަން މިހާރު ވަންނަންވީ ބައިސްކޯފަށެވެ. ބައިސްކޯފު އެޕް ހުޅުވައިލާ މޫވީސްގެ ބަޔަށް ވަދެލުމުން މިހާރު ”ފޯޓީ ޕްލަސް“ ބަލައިލެވޭނެއެވެ.
”ފޯޓީ ޕްލަސް“ އަކީ 2019 ވަނަ އަހަރު ނުކުތް ފިލްމުތަކުން އެންމެ ގިނަ ބަޔަކު ބަލާފައިވާ އެއް ފިލްމެވެ. އެގޮތުން އޮލިމްޕަހުގައި 27 ޝޯވ ދެއްކި އިރު، 24 ޝޯވ އެއްކޮށް ފުލްވިކަމަށް ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ބުނެއެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު ”40 ޕްލަސް“ ގައި ހަރަކާތްތެރިވި އިތުރު ތަރިންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.
”ފޯޓީ ޕްލަސް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން





މަޖާ ފިލްމެއް އިނގޭ. އޮލިމްޕަހުން ބަލާފަ އޮތަސް އަނެއްކާވެސް މި ބަލަނީ ބައިސްކޯފުން
މާމުއި ބަލާފަ ވީ ފޫހި. 40ޕްލަސް ކިތަންމެ ވަރަކަށް ބެލިޔަސް ފޫއްސެއް ނުވޭ