ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބޮސް” ރިލީޒް ކޮށްފި

ފާޠިމަތު ނަހުލާ ގެ ‘ޔޫސުފް’ ގެ ރެކޯޑް ބްރޭކް ކޮށްލާާފަދަ، ނަހޫ ސްޓައިލް ގެ ފިލްމެއް ބެލުމަށް އެދިއެދި ތިބި ފިލްމު ބެލުންތެރިންގެ ދިގު އިންތިޒާރު ނިމުމަކަށް ގެނުވީ ރޭ އޮލިމްޕަސް ގައި ރިލީޒް ކުރެވުނު “ބޮސް” އާާއި އެކުގައެވެ. މި ފިލްމަކީ އައިޝަތު ރިޝްމީ ޑައިރެކްޓް ކޮށް ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރި ފިލްމެކެވެ.

“ބޮސް” ބެލުމަށްފަހު ގިނަ ބަޔަކު ވަނީ ފިލްމީ ދާއިރާ އަށް އަލަށް ތަޢާރަފްވި ފިލްމުގެ ލީޑް ފިރިހެން ތަރި މުހައްމަދު ޔުނާނަށް ތައުރީފްކޮށްފަ އެވެ. ފިލްމުގެ ބަޠަލާ އަކީ މިހާރު ފިލްމީ ދާއިރާގައި އެންމެ މަގުބޫލު އެއް ފަންނާނު މަރިޔަމް އައްޒަ އެވެ. ސަޕޯޓިން ތަރިންގެ ގޮތުގައި ފާތިމަތު އާޒިފާ، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) އަދި އަލީ ޝަމީލްވެސް ފެނިގެންދިޔަ އެވެ.

ފިލްމު ބަލަން ދިޔަ ގިނަ މީހުންނަށް ވަނީ ފިލްމު ކަމުގޮސްފަ އެވެ. އަދި ބޮސްގެ ތަރިންގެ އެކްޓިން އާއި މެދު ބެލުންތެރިން ހިތްހަމަޖެހިފައި ވާކަން ކޮމެންޓްތަކުން އެނގެއެވެ. ވަކިން ޚާއްސަ ކޮށް ޔުނާނަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފަ އެވެ. ފިލްމު ބެލި މީހުން ބުނީ ފިލްމުގައި ހަރަކާތްތެރިވި ސީނިއާ ތަރިންގެ އެކްޓިން އާ ޔުނާންގެ އެކްޓިން އެއް ވަރު ކަމަށެވެ. ޔުނާންގެ އެކްޓިން އަށް މީގެ ކުރިން ޕްރޮޑަކްޝަން ޓީމުންވެސް ވަނީ ތައުރީފްކޮށްފަ އެވެ.

މި ފިލްމަކީ ލޯތްބާއި ހިތާމަ ފެނިގެންދާ ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top