ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮރޯނާއަށް ފަރުވާދޭން ބިނާކުރާ ހޮސްޕިޓަލްތައް

‏ބާރުމިނެއްގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ފަަރުވާ ދިނުމަށް ޗައިނާގައި އިމާރާތްކުރަމުންދާ ހޮސްޕިޓަލް ހަދަމުން ދިޔައިރުގެ ވީޑިޔޯ ފުޓޭޖެއް މީސް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ. 

ނިމިގެން މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވުހާންގެ ކަމާބެހޭ ފަރާތްތަކުން ވަނީ އައު ދެ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސަކަތް ފަށާފައެވެ. ބާރުމިނެއްގައި މަސައްކަތްތައް ނިންމުމަށް ޗައިނާގެ 4 ކުންފުންޏަކުންވަނީ ޗައިނާގެ އައު އަހަރު ބަންދުގައިވެސް  މަސައްކަތްތައް ކުރިޔަށް ގެންގޮސްފައެވެ.  މިދިޔަ ހުކުރު ދުވަހު މަސަކަތްފެށި 2500 އަކަފޫޓުގެ “ހުސެން ޝާން” ހޮސްޕިޓަލްގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ފެބްރުއަރީމަހު 3 ވަނަދުވަހުގައެވެ. މީގެ އިތުރުން ހޯމަދުވަހު މަސަކަތްފެށި 3000 އަކަފޫޓުގެ “ލެއިޝެން ޝާން” ހޮސްޕިޓަލުގެ ޚިދުމަތްދޭން ފެށޭނެކަމަށް ލަފާކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހު 5 ވަނަދުވަހުގައެވެ. 

ގާތްގަނޑަކަށް 25 މޭލު ދުރުމިން ހުންނަ މިދެ ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށްދާ ފުޓޭޖްގައި އެތަކެއް ބައިވަރު ކެރޭނާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ އުޅަނދުތައް ހުއްޓުމެއްނެތި ބާރުމިނެއްގައި މަސަކަތް ކުރަމުންދާތަން ފެނެއެވެ. 

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތުދިން ގޮތުގައި، މަސައްކަތް ކުރިޔަށްދާގޮތާމެދު އެމީހުން ހިތްހަމަޖެހޭކަމަށް ވަނީ ވިދާޅިވެފައެވެ. މީގެ އިތުރުން ޗައިނާގެ 2 ސިޓީއެއްގައި އިތުރު 2 ހޮސްޕިޓަލެއްގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަން ވަނީ ޗައިނާގެ ކަމާބެހޭފަރާތްތަކުން މައުލޫމާތުދީފައެވެ. 

ފެތުރެމުން މިދާ ކޮރޯނާވައިރަސްގައި މިހާތަނަށް 170 މީހުން މަރުވެފައިވާއިރު 7700 މީހުން ވަނީ މިވައިރަސްއަށް ޕޮޒިޓިވް ވެފައެވެ.  

ވުހާންގެ ހޮސްޕިޓަލްތައް ތޮއްޖެހިފައިވާއިރު، ޓެސްޓްކިޓް، މާސްކް ކަހަލަ އެއްޗެއްސަށް މިވަނީ ބޭނުންޖެހިފައެވެ.

އާބާދީގެގޮތުންބަލާއިރު ވުހާންއަކީ 11 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ އާބާދީ ބޮޑު ސިޓީއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top