ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސީޒަންގެ “އަނދިރިކަން” ފިލްމުގެ ޓްރެއިލަރ ވަރަށް އަސަރުގަދަ!

އެސް ޕްރޮޑަކްޝަން އާއި މާސްކޭ ސްޓޫޑިއޯ ގުޅިގެން، 04 މާރިޗްގައި ރިލީޒްކުރުމަށް ނިންމާފައިވާ “އަނދިރިކަން” ފިލްމުގެ ރަސްމީ ޓްރެއިލަރ، މި ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރ އޮންލައިން ނޫސް މުނިއަވަސްގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

އަސަރުގަދަ މަންޒަރުތަކެއް ހިމެނޭ “އަނދިރިކަން” ފިލްމުގެ ޓްރެއިލަރ ދައްކާލާފައި ވާއިރު، ސީޒަން ބުނިގޮތުގައި މި ފިލްމުގެ މައިގަނޑު ޕްލޮޓްގައި ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައުގައި އޮތް މުހިންމު މައްސަލައެއް ކަމަށެވެ.

އަނދިރިކަން” ފިލްމަކީ އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް، ސީޒަން ޑައިރެކްޓްކޮށްފައިވާ އާއިލީ ޑްރާމާއެއް ދައްކުވައިދޭނެ ފިލްމެކެވެ. ފިލްމު ކެމެރާކޮށްފައިވަނީ މަޝްހޫރު ސިނަމޮޓޮގްރާފަރ އަދި ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕަސަން އަބްދުﷲ ޝިވާޒް (މާސްކޭ) އެވެ.

https://www.facebook.com/MuniAvas/videos/169078797710251/?notif_id=1580476916821495&notif_t=live_video_explicit

އަނދިރިކަން” – (ނުއުފަންނަ ދަރި)ގެ ޓެގްލައިންގައި ހަދާފައިވާ މި ފިލްމުގައި ތަރިންގެ މޭކަޕްތައް ކުރީ ޒީނަތު އައްބާސް އެވެ.

ޖުމްލަ ތިން ލަވަ ހިމެނޭ އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ އައިމިނަތު ރިޝްފާ އާއި ޝީލާ ނަޖީބުގެ އިތުރުން އަލީ ސީޒަން އެވެ. އޭގެ އިތުރުން މަރިޔަމް ޝަކީލާ، އަޙްމަދު ސަޢީދު، ދަރާ ރަޝީދު އަދި ޒީނަތު އައްބާސް ފަދަ ތަރިންގެ އެކްޓިން އެ ފިލްމުން ފެންނާނެއެވެ.

ފިލްމު ޝޫޓްކުރުން ދެ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އިރު، ފުރަތަމަ މަރުހަލާގެ ޝޫޓިން ކޮށްފައިވަނީ މ. މަޑުއްވަރީގައެވެ. މ. ރަތްމަންދޫގައި ވެސް ފިލްމުގެ ޝޫޓިން ކުރިއަށްގެންދިޔައެވެ.

އަނދިރިކަން” ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top