ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަޝްހޫރު ލަވަކިޔުންތެރިޔާ އޮޒީ އޮޒްބޯން ގެ އަޑު ގެއްލެނީ!

1970 ގެ އަހަރުތަކުގެ ތެރޭގައި ވިދާލި ބްލެކް ސަބަތު ބޭންޑުގެ އިސް ލަވަކިޔުންތެރިޔާ އޮޒީ އޮޒްބޯން ގެ އަޑު ގެއްލެނީ ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

އުމުރުން 71 އަހަރުގެ އޮޒީ ދަނީ “ޕާކިންސަން” ނަމަކަށް ކިޔާ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. “ޕާކިންސަން ޑިސީސް” އަކީ ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. ބަލި ޖެހިފައިވާ ފަރާތްތަކަށް ދިރުވުމާއި ވާހަކަދެއްކުން ދަތިވާއިރުު، ލަވަކިޔުމަކީ ވަރަށް ނާދިރު ކަމެކެވެ. ބަލީގެ ސަބަބުން އަޑުގެ “ޓޯން” ގެއްލޭއިރު، އޮޒީ ފަދަ ޖޯޝާއެކު ލަވަކިޔާ ފަންނާނަކަށް މިކަން ވާނީ ވަރަށްވެސް ބޮޑު ހިތާމައަކަށެވެ.

ބްލެކް ސަބަތު ބޭންޑް

މިކަމާއި ގުޅިގެން އޮޒީގެ ސަޕޯޓަރުން މީސްމީޑިއާގައި ދަނީ އޭނާ އަށް ހިތްވަރުދީ، ހިތާމައިގައި ބައިވެރި ވަމުންނެވެ. އޮޒީގެ އަޑު ގެއްލުނު ކަމުގައި ވިޔަސް ރޮކް މިއުޒިކަށް ލޯބިދޭ ސަޕޯޓަރުންގެ ހިތްތަކުގައި އެ ހިތްގައިމު އަދި ތަފާތު އަޑު ދެމިހުންނާނެކަމީ ޝައްކެއް ނެތް ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top