ރާއްޖޭގެ އެންމެ މަގުބޫލު ބަޠަލާ މަރިޔަމް އައްޒައާއި މުއާ އާއި ކައިވެނިކުރުމަށް މިއަދު ރަންކިޔައިފިއެވެ.
މުއާ އާއި އައްޒަގެ ފަރާތުން ބަހެއް ލިބިފައި ނުވިޔަސް، އައްޒަގެ ދައްތަ، އެކްޓްރެސް ރިޝްމީ މިއަދު ހަވީރު ކޮށްފައިވާ ޓްވީޓެއްގައި ބުނީ “ޕިޔާރީ ބެހެނާ (ލޯބިވާ އަންހެން ކޮއްކޮ) ގެ ބޮޑު ދުވަހަށް…..”

ރިޝްމީގެ ޓްވީޓެއް
މި ޓްވީޓްގައިވާ އިންސްޓަގްރާމް ލިންކުގައި ވަނީ ރިޝްމީ އާއި އޭނާގެ ދަރިފުޅު ޒެއްލޫ ދިވެހިވަންތަ ހެދުމުގައި ނަލަހެދިގެން ތިބޭ ފޮޓޯއެކެވެ.
ދިވެހިވަންތަ ތީމަކަށް ރަންކިޔުން ބާއްވާފައިވާއިރު، މުއާ އާއި އައްޒަ ވެސް ތިބީ ދިވެހި ހެދުމުގައެވެ.
މިއަދުގެ ރީތި ތާރީޚް (02/02/2020) ގައި މުއާ އާއި އައްޒަ ވަނީ ރަންކިޔާފައެވެ. ރަން ކިއީ 30ރުފިޔާއަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!