ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޫދަށް ވެއްޓުނު ޗައިނާ ކުއްޖެއް އެމްއޭސީއެލް މުވައްޒަފަކު ސަލާމަތްކޮށްދީފި

ވެލާނާ އެއަރޕޯޓްގެ ފާލަމަކުން މޫދަށް ވެއްޓުނު ޗައިނާ ކުއްޖެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ހިތްވަރުގަދަ ފަޔަރ ފައިޓަރަކު ސަލާމަތްކޮށްދީފިއެވެ.

އެމްއޭސީއެލްގެ ފަޔަރ ފައިޓަރ ޓްރެއިނީ އިބްރާހިމް ނަޞްރުގެ މި ހިތްވަރުގަދަ ޢަމަލާމެދު އެމްއޭސީއެލްގެ މީޑިއާއިން ތަޢުރީފުކޮށްފައިވާއިރު ޗައިނާ އިން ރާއްޖެއަށް ކަނޑަައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވަނީ މިކަމާ ގުޅިގެން ތަޢުރީފުކުރައްވާފައެވެ.

އެމްއޭސީއެލް މީޑިއާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެތަނުގެ ހިތްވަރުގަދަ ފަޔަރ ފައިޓަރ ޓްރެއިނީ އިބްރާހިމް ނަޞްރުގެ އަމިއްލަ ނަފުސަށް ބެލުމެއްނެތި، ދެއްކި ހިތްވަރާމެދު ފަޚުރުވެރިވާ ކަމަށެވެ.

އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓް އަލުން ޓްވީޓްކުރައްވަމުން ޗައިނާ އިން ރާއްޖެ ކަނޑަައަޅުއްވާފައި ހުންނަވާ ޒެންގް ލިޒޯން ވިދާޅުވީ އިބްރާހިމް ނަޞްރުގެ ހިތްވަރުގަދަ ހެޔޮ ޢަމަލާމެދު ޝުކުރުވެރިވާ ކަމަށާއި އެގޮތަށް ކުއްލިއަކަށް ކޮށްލާ ކަންތައްތަކުން ރަމްޒުކޮށްދެނީ ދިވެހީންގެ ހިތްހެޔޮކަމާއި އޯގާތެރިކަމާއި ލޯބީގެ މަތިވެރިކަން ކަމަށެވެ.


ކުއްޖަކު މޫދަށް ވެއްޓުމުގެ ޙާދިސާ ހިނގީ މިމަހުގެ 01ވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top