ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފަރީ” އެޕްރީލް 2 ގައި

މަދޮށިޕް ސްޓޫޑިއޯ އިން ގެނެސްދޭ އާއިލީ ޑްރާމާ ސްޓައިލްގެ ފިލްމު “ފަރީ” އެޕްރީލް މަހުގެ 02ވަނަ ދުވަހު ސިނަމާއަށް ގެންނަން ނިންމައިފިއެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ރަވީ ފާރޫގާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. އިތުރު ތަރިންގެ ތެރޭގައި އަޙްމަދު އީސަ (އާނަންދު) އާއި ފައުޒިއްޔާ ހަސަން ފެނިގެންދާނެއެވެ. މީގެ އިތުރުން މުހައްމަދު ޔުނާން އާއި ތަސްނީމާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާން ސައީދު (އަންދު) އެވެ. ފިލްމުގެ ސްކްރިޕްޓް ލިޔުނީވެސް އަންދު އެވެ.

އެކަނިވެރި މައެއްގެ ވާހަކަ ކިޔައިދޭ ފިލްމުު “ފަރީ” އަކީ ‘މަދޮށިޕް’ އާއި ޑައިރެކްޓަރު އަންދުގެ ފިލްމު ކުންފުނި ‘ކުންނާރު ޕްރޮޑަކްޝަން’ އާއި ސްކްރީން ރައިޓަރ އަހުމަދު ޒަރީރުގެ ‘އެއް ކާފު ޕްރޮޑަކްޝަންސް’ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އޮލިމްޕަހުގައި ފިލްމު “ފަރީ” ޕްރިމިއާކުރުމަށް ފަހު، 03 އޭޕްރީލުން ފެށިގެން ޝްވެކް ސިނަމާގައި މި ފިލްމުގެ ޝޯތައް ދައްކަން ވެސް ވަނީ ހަމަޖެހިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top