ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޔާރު ދިވާނާ” – ބެލުންތެރިންނަށް ދޫކޮށްލައިފި

ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ އައު ލަވަ، “ޔާރު ދިވާނާ”ގެ ހިތްގައިމު ވީޑިއޯ ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ. ލޯބީގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާ މި ލަވައިން، ހިތްގައިމު މަންޒަރުތަކެއް ވެސް ފެނިގެންދެއެވެ.

“ޔާރު ދިވާނާ” ލަވައިގައި ހަރަކާތްތެރިވަނީ ހުނަރުވެރި އެކްޓިން އެއް ދައްކަމުން އަންނަ އިބްރާހިމް ޖިހާދު (ޖިމީ) އާއި ފިލްމު ”ދެވަންސޫރަ“ އާއި ”ފޯޓީ ޕްލަސް“ ގައި މޮޅު އެކްޓިންއެއް ދައްކާފައިވާ މަރިޔަމް ޝިފާ އެވެ. މީގެ އިތުރުން ލަވައިގައި ސައިއްޓޭ ވެސް ފެނިގެންދާނެއެވެ.

ރިއްފަތުގެ އަޑުން ކިޔާފައިވާ މި ލަވައިގެ މިއުޒިކް އަދި މިކްސިން ހެދީ ކޮއްކޮ އެވެ. ލަވައިގެ ޅެން ހެދީ އަޙްމަދު އިސްމާޢީލް (އަންމަޑޭ) އެވެ.

https://www.facebook.com/100000553819092/posts/3181027755258987/?d=n

“ޔާރު ދިވާނާ” ލަވައިގެ ވީޑިއޯ މަސައްކަތަށް ބަލާލާއިރު، މަނިކް އާޓްސް އިން ކޮށްފައިވާ މަސައްކަތަށް ތަޢުރީފު ޙައްޤުކަން ފާހަގަކޮށްލެވެއެވެ. ނަގާފައިވާ ޑްރޯން ވީޑިއޯ ތަކާއި ކެމެރާ ޝޮޓްތަކުން ލަވައިގެ ފުރިހަމަކަން އިތުރުކޮށްދީފައި ވަނީ ޝިޒް ކޮށްދީފައިވާ ފުރިހަމަ މޭކަޕުންނެވެ.

“ޔާރު ދިވާނާ” ލަވަ ޕްރޮޑިއުސްކޮށް ބެލުންތެރިންނަށް ގެނެސްދެނީ ރިއްފަތުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top