ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަލޭއޭ” ލަވައިގެ ޓްރެއިލާ ނެރެފި

’މަނިކް އާޓްސް‘ އިން އުފައްދާ ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ “މަލާއޭ” ލަވައިގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

”މަލާއޭ“ އަކީ ’ވޮއިސް އޮފް މޯލްޑިވްސް‘ ކާމިޔާބުކުރި ހުނަރުވެރި ލަވަކިޔުންތެރިޔާ މުޙައްމަދު ޚާލިދުގެ ހިތްގައިމު އަޑު އިވިގެންދާނެ ލަވައެކެވެ. ޚާލިދު އާއި އެކުގައި މި ލަވައިން އިވިގެންދާނީ ރުއާގެ ހިތްގައިމު އަޑެވެ.

“މަލާއޭ” ލަވައިގެ މިއުޒިކް އަދި މިކްސިން ހަދާފައިވަނީ ’ޑީޖޭ ކައްޗޭ‘ އެވެ. ލަވައިގެ ވީޑިއޯ ޝޫޓްކުރީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކަމަށް ’މަނިކް އާޓްސް‘ އިން ބުނެއެވެ.

“މަލާއޭ” ލަވައިގެ ވީޑިއޯގައި ހަރަކާތްތެރިވަނީ ކުރިންވެސް މަނިކް އާޓްސްގެ ލަވައަކުން ފެނުނު ސިމް އެވެ. ސިމްގެ އިތުރުން މި ލަވައިން ފެންނާނީ ކުރިއަރަމުން އަންނަ ތައު އެވެ. މީގެ ކުރިން މަނިކް އާޓްސް އިން ނެރުނު ލަވައަކުންވެސް ތައު ފެނިފައިވެއެވެ.

”މަނިކް އާޓްސްގެ މި ލަވަ ތަފާތުވާނެ. ޚާއްޞަކޮށް ލަވައިގެ ކޮލިޓީ އަދި އެކްޓިން ތަފާތުވާނެ.“ މަނިކް އިތުރަށް ބުނީ މި ލަވަ އެއްކޮށް ނިންމައި އަންނަ އޮކްޓޫބަރު މަހުގެ ފަހުކޮޅު ރިލީޒްކުރާނެ ކަަމަށެވެ.

[aiovg_video type=”facebook” facebook=”https://www.facebook.com/manikarts1/videos/555310145556009″ poster=”http://www.muniavas.com/wp-content/uploads/2021/09/Malaa-Ey.jpg”]

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

ފަހުގެ ޚަބަރު
ސުނާމީ 2030
4 ގަޑިއިރު ކުރިން
ޒަލަފް – ފަހު ބައި
7 ގަޑިއިރު ކުރިން
Home
Menu
Search
Back to top