ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްމަޑޭ އާއި ތަހީ ކައިވެނިކޮށްފި

މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަހްމަދު އިބްރާހިމް (އައްމަޑޭ) އާއި އޭނާގެ ލޯބިވެރިޔާ ތަހިއްޔާ ޝަރީފް (ތަހީ)، ފެބްރުއަރީ 05ވަނަ ދުވަހުގެރޭ ކައިވެނިކޮށްފި އެވެ.

އައްމަޑޭ ކައިވެނި ކުރިކަން އެނގުނީ އޭނާގެ ފޭސްބުކްގެ މެރިޓަލް ސްޓޭޓަސްގައި ވެސް ވަނީ އަދާހަމަކޮށްފައެވެ.

އައްމަޑޭ އާއި ތަހީ ރައްޓެހިވީ މިދިޔަ އަހަރު ފޭސްބުކުން ދިމާވެގެން ކަމަށް މަޢުލޫމާތު ލިބެއެވެ.

އެނގިފައިވާގޮތުން މިއީ އައްމަޑޭގެ ދެ ވަނަ ކައިވެންޏެވެ. އޭނާގެ ފުރަތަމަ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައިވެއެވެ.

އައްމަޑޭ އާއި ތަހީއަށް ބާއްޖަވެރި، އުފާވެރި ކައިވެންޏަކަށް އެދެމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top