ދިވެހި ފިލްމީ އަދި މިއުޒިކީ ފަންނާނުންގެ މަސައްކަތްތައް ވަޅުޖެހި، ހީނަރުވެފައި ވަނިކޮށް، އެ ދެ ދާއިރާ އަލުން އަނބުރައި ކޮޅަށް ޖަހައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ފަށާފައިވާ ބައިސްކޯފުން ދިވެހިރާއްޖޭގެ މިޔުޒިކް ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށް ޚާއްސަކޮށްގެން ލައިވް މިޔުޒިކް ޝޯވއެއް ލޯންޗުކޮށްފިއެވެ.
އެގޮތުން ”ބައިސްކޯފު ލައިވް ރޫމް“ ގެ ނަމުގައި ލައިވް މިޔުޒިކާއި ލައިވް ވީޑިއޯއާއެކު އެ އެޕުން ވަގުތުން ސްޓްރީމް ކުރާ ޝޯވއެއް ބައިސްކޯފުން ލޯންޗްކުރީ މިމަހު10 ވަނަ ދުވަހުގެ ރޭގައެވެ.
ބައިސްކޯފު ސްޓޫޑިއޯގައި ބޭއްވި ”ބައިސްކޯފު ލައިވް ރޫމް“ ލޯންޗިންގް އިވެންޓަށްފަހު ފުރަތަމަ ޝޯވ ލައިވްކޮށް ހުށައެޅީ ރާއްޖޭގެ މަޝްހޫރު ބޭންޑެއްކަމަށްވާ ”އަޗޭޝިއާ“ އެވެ. ލައިވް ކޮށް ގެނެސްދޭ މި ޝޯވގެ އެޕިސޯޑްތައް ފަހުން ވެސް ބަލައިލެވޭނެ އެވެ.
ބައިސްކޯފުން ބުނީ މި ޝޯވއަކީ ރާއްޖޭގެ މިޔުޒިކް ބޭންޑުތަކުން އުފައްދާ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށާއި، ފަންނާނުންނަށް އިސްކަންދީ އެމީހުންގެ ފަންނުވެރިކަން ކުރިއެރުވުމަށް ފެށި ޝޯވއެއް ކަމަށެވެ. ”ބައިސްކޯފު ލައިވް ރޫމް“ ގައި ރާއްޖޭގެ މަޝްހޫރު ގިނަ ބޭންޑުތަކެއްގެ އަމިއްލަ އުފެއްދުންތައް ހުށަހަޅައިދޭނެކަމަށާއި، ރީތި ލަވަތަކެއް ޝޯވގައި އިވިގެންދާނެކަމަށް ބައިސްކޯފުން ބުނެއެވެ.
ބައިސްކޯފުން ނިމިދިޔަ އަހަރުގެ ތެރޭގައި އޮލިމްޕަސްގައި ބޭއްވި ކާމިޔާބު ޝޯވ ”ޗަނާޗާ“ އަކީ ވެސް މިއުޒިކީ ފަންނާނުންނަށް ފުރުޞަތު ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ ކާމިޔާބު ޝޯއެއްކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




