ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމު ކޮށްގެން ފޮތްކިޔުމުގެ މަހާސަމާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
“ހިނގަމުން ހިނގަމުން ކިޔަމާ” މި ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 15 ވާ ހޮނިހިރު ދުވހުގެ ހަވީރު 16:00 އިން 18:00 އަށް ސަލްޓަން ޕާކުގައެވެ.
ދިވެހި ބަހުގެ އެކެޑަމީއިން މިކަމާއި ގުޅިގެން އާންމު ކޮށްފައިވާ ނޯޓުގައިވަނީ މި މަހާސަމާއަކީ ކުޑަކުދިން ފޮތްކިޔުމަށް ޝައުޤުވެރި ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމުގައެވެ.
އާންމުކޮށް އެންމެންނަށް ވެސް ބައިވެރި ވެވޭގޮތަށް ހުޅުވާލެވިފައިވާ މި ހަރަކާތުގެ ހެދުން ކޯޑެއްގެ ގޮތުގައި ވަނީ ހަވީރި ހެދުން ކަނޑައަޅާފައެވެ.
މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީ ބަހުގެ ދުވަހަކީ 21 ފެބްރުއަރީ 2020 ވާ ހުކުރު ދުވަހެވެ.
