ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަރުކާރުގެ ގެޒެޓް ޓެލެގްރާމަށް ލައިފި

ސަރުކާރުގެ އެކި އޮފީސްތަކާއި، އެހެން މުއައްސަސާތަކުގެ އިޢުލާނުތަކާއި، ދެންނެވުންތަކާއި، އެންގެވުންތައް ހިމަނުއްވައިގެން 01 މާރިޗް 2103 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޮންލައިންކޮށް ނެރުއްވަމުން ގެންދަވާ ދިވެހި ސަރުކާރުގެ ގެޒެޓްގެ ‘ޓެލެގްރާމް ޗެނަލް’ އެއް ގާއިމުކޮށްފިއެވެ.

ގެޒެޓް އެމްވީ‘ގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ޗެނަލްގައި ބައިވެރިވުމުން ވަގުތުން ވަގުތަށް ގެޒެޓްގައި ޝާއިޢުކުރައްވަމުން ގެންދަވާ ލިޔެކިޔުންތައް ފަސޭހަކަމާއެކު ބަލައިލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މި https://t.me/gazettemv ލިންކަށް ފިއްތާލެއްވުމުން ‘ގެޒެޓް އެމްވީ‘ ޗެނަލްގައި ބައިވެރިވެވޭނެކަަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

01 މާރިޗް 2013ގެ ކުރިން ކަރުދާހުގައި ޗާޕްކުރަމުން ގެންދިޔަ ސަރުކާރުގެ ގެޒެޓް އޮންލައިންކޮށް ވަކި ވެބްސައިޓެއްގެ ތެރެއިން ނެރުއްވަން ފެއްޓެވީ ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަކަށް ކުޑަކުރެއްވުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ، އެ ފިޔަވަޅުތަކުގެ ދަށުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top