ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހަނާ” ޕްރިމިއާކޮށްފި

‘ކިޑް ޕްރޮޑަކްޝަން’ގެ ފުރަތަމަ ވެބް ސީރީޒް “ހަނާ” ބައިސްކޯފުން ޕްރިމިއާކޮށްފިއެވެ.

އޮލިމްޕަހުގައި ރޭ ބޭއްވި ރެޑްކާޕެޓް އިވެންޓެއްގައި “ހަނާ” ޕްރިމިއާކުރީ ބައިސްކޯފުގެ ޝަރަފުވެރި 200 ފޭނުންނާއި މީޑިއާތަކާއި ދައުވަތު ދެވުނު ޚާއްޞަ ފަރާތްތަކަށް ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑް ދައްކައިލަމުންނެވެ.

ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓުކުރި ވެބް ސީރީޒް “ހަނާ” ޕްރިމިއާކޮށްދެއްވީ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފެވެ.

ލޯތްބާއި ހިތާމައިގެ ފުން އަސަރުތަކުން ފުރިފައިވާ “ހަނާ“ގެ ފުރަތަމަ ދެ އެޕިސޯޑް މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ.

‘ކިޑް ޕްރޮޑަކްޝަން’ގެ ދެވަނަ ވެބް ސީރީޒްވެސް ރޭގައި ލޯންޗުކުރެވުނެވެ. އަލަށް ނެރޭ ވެބް ސީރީޒަކީ “މާފުކުރޭ” ގެ ނަމުގައި އުފައްދާ ސީރީޒެކެވެ.

ވެބް ސީރީޒް ”ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top