އައިޝަތު ފުއާދު ތައުފީގުގެ ސްކްރީންޕްލޭ އަކަށް، އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކުރިި ފިލްމް “ވަކިން ލޯބިން” ގެ ޝޫޓިން ނިންމާލައިފި އެވެ.
އަންނަ އަހަރު މާޗް 5 ގައި ރިލީޒް ކުރާ މި ފިލްމަކީ ވަރިފަށަށް އަރާ ޒުވާން ދެމަފިރިއެއްގެ ވާހަކަ ކިޔައިދޭ ފެމިލީ ޑްރާމާއެކެވެ. ފިލްމްގެ ބައެއް ލަވަތަކުގެ ބައެއް ތަންތަންކޮޅު އަދި ޝޫޓް ކުރަމުން ދިޔަ ނަމަވެސް، ފިލްމްގެ މައިގަނޑު ޝޫޓިން އެއްކޮށް ނިމި، މިހާރު އެޑިޓިން ނިމިފައިވާ ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެ އެވެ.
“ވަކިން ލޯބިން” ގެ ލީޑް ރޯލުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) ގެ އިތުރުން ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.
މި ފިލްމަކީ ޑާކް ރެއިން އެންޓަރޓެއިންމެންޓުން އަންނަ އަހަރު ރިލީޒް ކުރުމަށް ނިންމާފައިވާ ފިލްމްތަކުގެ ތެރެއިން ރިލީޒް ކުރާނެ ފުރަތަމަ ފިލްމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!