ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގިލަންވެރިކަމުން އަރައިގަތުމަށް އެއްބައިވަންތަކަމަށް ބޭނުންޖެހިފަ!

ޝައްކެއްވެސް ނެތްގޮތުގައި ދިވެހިން ވަނީ ފާއިތުވި މާޒީގައި ދިވެހިންގެ އެއްބައިވަންތަކަމުގެ ލާމަސީލު އެތައް މިސާލުތަކެއް ދައްކުވައިދީފައެވެ. މިފަދަ އެންމެ މުހިންމު އަދި ފަހުގެ ތާރީޚުގައި ދިވެހިދުށް އެންމެ ޙައިރާން ކުރަނިވި ޙާދިސާ އަކީ 26 ޑިސެމްބަރު 2004 ވަނައަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ކާރިސާއެވެ.

އެއީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަމާއި ނާމާންކަން ގެނުވައި، އެތައް ބައެއްގެ އުއްމީދުތައް ފަނުފުލުން ދިޔަ ދުވަހެކެވެ. ދިރިއުޅުން ސުންނާފަތިވެ، އެދިރިއުޅުމުގައި އާރާސްތު ކުރި ކުރިބޯށިތައް ވީރާނާވެ، އެކަންކަމުން އަރައިގަތުމަށް ސުމަކުން ފަށަން ޖެހުނު ދުވަސްވެސްމެއެވެ.

އެމަންޒަރުތައް ފެނުނު ކޮންމެ މީހަކު ލޮލުން ކަރުނަ ހިލުނުއިރު އެފަދަ އެއްބައިވަންތަކަން މިޤައުމުގައި ތާއަބަދު ދެމެހެއްޓުމަށް ހިތާހިތުން އެދުވަހުވެސް އެތައް ބަޔަކު ދިޔައީ ދުޢާކުރަމުންނެވެ. އެ ހަނދާންތަކާއީ އެ ހިތްދަތިކަން މާޒީގެ ހިރަފުހުގެ ތެރެއަށް ގެއްލިފައިވާއިރު އަނެއްކާ މިއަދު މި އޮތީ އެދުވަހު ދަށްކުވައިދިންފަދަ އެއްބައިވަންތަކަމަކަށް ގައުމު ބޭނުންޖެހެފައެވެ.

ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 މި އޮތީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެ އަށްވެސް އައިސްފައެވެ. މުޅީ ސިއްޙީ ދާއިރާ ރައްޔިތުންގެ ޙައްގުގައި ފުރާނަ އަތްމައްޗަށް ލައިގެން ރެޔާއި ދުވާލު މަސައްކަތް ކުރަނީއެވެ. ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން ތިބީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

ހަމަ އެފަދައިން ފަރުދީ ޒިންމާ ނަގާ އެއްބައިވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެން މި ބަލިމަޑުކަމުން ނަސްރު ހޯދުމަށް އަތުކުރި އޮޅާލަން އެބަޖެހެއެވެ. މި ދަނޑިވަޅުގައި ސަރުކާރާއި އެހެނިހެންވެސް ކަމާބެހޭ ވުޒާރާތަކުގެ ކުށްހޯދުމަށް މަަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި ކަމާބެހޭ ވުޒާރާތަކުން ދެއްވަމުންގެންދަވާ އިރުސާދުތަކަށް ބޯލަނބަން އަޅުގަނޑުމެން އެބަޖެހެއެވެ. އެއްވެސް ފަރާތަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް އެކަލާންގެ ނުޖައްސަވާނެއެވެ. އިލާހީ ޤާނޫނުގެ ނިޔާ މާ ފުރިހަމަވާނެއެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
anaa6 އަހަރު ކުރިން

umurun kudayas Raajjeyga mivaguthu huri emme molhu eh .ijuthimaaiy dhaairaa cover kuraa noosveriyaa.❤️. kuda online ehgga hurun Mii media thakah libey dheraeh.

Home
Menu
Search
Back to top