ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަހޫގެ ކުރު އިޝްތިހާރުތައް ބަލައިގެން ކޮވިޑް 19 އަށް ރައްކާތެރިވަމާ!

ކޮވިޑް-19 އަށް ހޭލުންތެރިކުރުވުމަށް އެލައިޑް އިންޝުއަރެންސްގެ ފަރާތުން ތައްޔާރުކުރަމުން އަންނަ އިޝްތިހާރުތައް ތަފާތުވެފައި ޝަޢުޤުވެރިއެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އިޝްތިހާރުތަކުން ފެންނަނީ އެލައިޑްގެ އޭޖެންޓެވެ. ނަހުޒާން އަހުމަދު ހުސައިން (ނަހޫ) އެވެ.

ނަހުޒާން އަހުމަދު ހުސައިން (ނަހޫ)، އަކީ މޯލްޑިވިއަން އައިޑަލްގެ އެޕިސޯޑްތަކުގައި ދެއްކި އިޝްތިހާރަކުން ތަޢާރަފުވި ހުނަރުވެރި އެކްޓަރެކެވެ. އޭރު ކުޑަކުއްޖެއްގެ ގޮތުގައި ފެނުނު ނަހޫ މިހާރު ހުރީ ބޮޑުވެފައެވެ. އޭނާ ކޮވިޑް-19 އަށް ހޭލުންތެރިކުރުވުމަށް ގެނެސްދޭ ސިލްސިލާ އިޝްތިހާރުތަކުން އެއް އެޕިސޯޑުގައި ލާނެއް ސަމާސާއެއް ކުރަމުން އެހެން ބުނެފައިވެސްވެއެވެ.

ކޮވިޑް-19 އަށް ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ސާފުތާހިރުކަމެވެ. ގިނަ ގިނައިން އަތް ދޮވުމެވެ. އަތް ދޮންނަން ވާނީ އަތް ދޮންނަން ޖެހޭ ގޮތަށެވެ. ދެން އޮތް ކަމަކީ ރަނގަޅު މަޢުލޫމާތު ހޯދުމެވެ. އެކަން ނަހޫ ވެސް އެ އަންނަނީ ކުރަމުންނެވެ. އެހެންކަމުން ނަހޫގެ ކުރު އިޝްތިހާރުތައް ވީހާ ގިނަ ބަޔަކަށް ދައްކަން އެބަޖެހެއެވެ. އެ އިޝްތިހާރުތައް ބަލައިގެން ކޮވިޑް 19 އަށް ރައްކާތެރިވުމަށް ބޭނުންވާނެ ރަނގަޅު ދަރުސްތައް ލިބިގަންނަން ޖެހެއެވެ.

https://www.facebook.com/MuniAvas/videos/217684672934796/

https://www.facebook.com/MuniAvas/videos/213513010011915/

https://www.facebook.com/MuniAvas/videos/1431418933707183/

https://www.facebook.com/MuniAvas/videos/2551309015124457/

https://www.facebook.com/MuniAvas/videos/835760750272860/

https://www.facebook.com/MuniAvas/videos/539508426987193/

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top