ޝިލްޕާ ޝެޓީ މިހާރު ކުޅެމުން އަންނަ ފިލްމު “ހަންގާމާ 2” ގެ ޕޯސްޓަރެއް ދައްކާލައިފިއެވެ.
މި ފިލްމަކީ ޑައިރެކްޓަރު ޕްރިޔާދަރްޝަން 2003 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ކޮމެޑީ ފިލްމު “ހަންގާމާ” ގެ ދެވަނަ ބައެވެ. ހަންގާމާ ގެ ފުރަތަމަ ބައިގެ މައިގަނޑު ތަރިންގެ ތެރެއިން ޕަރޭޝް ރާވަލް ފިޔަވައި އެހެން ހުރިހައި ތަރިން ދެވަނަ ބައިގައި ވަނީ ބަދަލުވެފައެވެ. އެގޮތުން މި ފިލްމުގައި ހަރަކާތްތެރިވަނީ ޝިލްޕާ ޝެޓީއާއި މީޒާން ޖެފްރީގެ އިތުރުން ދެކުނުގެ ބަތަލާ ޕްރަނީތާ ސުބާޝްއެވެ.
އަނޫ މާލިކް ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްދީފައި ވާއިރު މި ފިލްމުގެ ބެކްގްރައުންޑް މިއުޒިކް ތައްޔާރުކުރަނީ ސަންދީޕް ޝިރޯދްކަރްއެވެ.
ރަތަން ޖޭން، ގަނޭޝް ޖޭން، ޗޭތަން ޖޭން އަދި އަރްމާން ވެންޗާރސް ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 14 އޮގަސްޓް 2020 ގައެވެ.
މިއީ ކޮމެޑީ ފިލްމުތައް އުފެއްދުމަށް މަޝްހޫރު ފިލްމު ޑައިރެކްޓަރ ޕްރިޔާދަރްޝަން ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އެނބުރި ބޮލީވުޑަށް އެނބުރި އަންނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.
