ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސިއްހީ ކުއްލި ހާލަތަށް 212 މިލިއަން ރުފިޔާގެ ބަޖެޓެއް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، އެކަމަށް 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި 212 މިލިއަން ރުފިޔާ، ކުއްލި ހާލަތާ ގުޅިގެން ވަނީ ކޮންޓިންޖެންސީ ބަޖެޓެއްގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފަ ކަމަށެވެ. މި އަދަދަކީ ކުރިންވެސް ބަޖެޓުކޮށްފައި އޮތް އިރު ކޮންޓިންޖެންސީގެ ގޮތުގައި ޖެހިފަ އޮންނަ ކޯޑުގެ ތެރެއިން ނެގޭ ފައިސާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ރުފިޔާގެ ތެރޭގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭ އަދަދުތައް މި 212 މިލިއަން ރުފިޔާގެ ތެރޭގައި ނުހިމެނޭ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭގައިވެސް ފެތުރެން ފެށުމާ ގުޅިގެން މިހާރު ރާއްޖޭގައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާން ކޮށްފަ އެވެ. ރާއްޖޭގައި ތިބި 13 މީހަކު ވައިރަސްއަށް ޕޮސިޓިވްވެފައިވާއިރު އެއީ ހުސް ބިދޭސީންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top