ކޮވިޑް-19 ގެ ސަބަބުން މުޅި ރާއްޖޭގައި ވެސް ބިރުވެރިކަން އުފެދިފައި ވަނިކޮށް، ކ. ހުރާގައި ބަލިތަކުން ރައްކާތެރިވުމަށް އެދި މިރޭ ތަކުބީރު ކިޔައިފިއެވެ.
ރާއްޖޭގެ އެހެން ގިނަ ރަށްރަށުގައި ވެސް މީގެ އަހަރުތަކެއް ކުރިން “ރަށް ނާމާން ވުމުން” ރަށުތެރޭގައި ތަކުބީރު ކިޔަމުން ހިނގުމާއި ޞަލަވާތް ފާތިހާ ކިޔުން ކުރިއަށް ގެންދެއެވެ. ނަމަވެސް މިއީ ދީނީގޮތުން ކުރުމަށް ސާބިތުވެފައިވާ ކަމެއް ނޫންކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ.
ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުން ދާތީ އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ފަރުޟު ނަމާދުތަކަށް ފަހު ގުނޫތު ކިޔަން އަންގާފައެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އަދި މިހާތަނަށް ދިވެއްސަކަށް ކޮވިޑް-19 ޖެހިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ޚިޔާލު
