ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން ލަންކާ ސަރުކާރު މިއަދު ބަންދުކޮށްފިއެވެ.
ލަންކާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ބޭންކްތައް ވެސް މިއަދު ބަންދުވާނެ ކަމަށެވެ.
ލަންކާ އިން މިހާރު ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވް 10 މީހުން ފެނިފަ އެވެ. ލަންކާ އިން އެންމެ ފަހުން އިއްޔެ ޕޮޒިޓިވްވި ދެ މީހުންގެ ތެރޭން 56 އަހަރުގެ އަންހެން މީހާ އަކީ އިޓަލީން އައި މީހެކެވެ. އެ މީހާ އަށް މިހާރު ދަނީ އަންގޮޑާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީޒް (އައިޑީއެޗް) ގައި ފަރުވާ ދެމުންނެވެ. ވައިރަހަށް ޕޮޒިޓިވްވި 10 ވަނަ މީހަކީ 17 އަހަރުގެ ކުއްޖެކެވެ. އެއީ ކުރިން ކޮވިޑް-19 ޖެހުނު މީހެއްގެ ތިމާގެ ކުއްޖެކެވެ.
ސްރީ ލަންކާގެ ސްކޫލްތައް ވެސް މިހާރު ވަނީ މި މަހުގެ 20 އާ ހަމައަށް ބަންދުކޮށްފަ އެވެ.
ލަންކާގައި ކޮވިޑް-19 ރޯގާ ފެތުރެން ފެށުމާ އެކު އެ ގައުމަށް މީހުން އެތެރެވުން ކޮންޓްރޯލްކުރުމަށް، އޮންއެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލައިފަ އެވެ.
