ކޮވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެލޭޝިޔާއާ އިނގިރޭސިވިލާތުން މީހުން ރާއްޖެ އައުން މަނާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
”އިނގިރޭސި ވިލާތުން މިމަހުގެ 19 ވަނަދުވަހުގެ 00:00 އިން ފެށިގެން ރާއްޖެއަށް އެތެރެވުމަށް ރެސްޓްރިކްޝަންއެއް ރާއްޖެއިން މި އިޢުލާނުކުރަނީ. މީގެ ފަހުން އިނގިރޭސިވިލާތުން ޓްރާންސިޓްވެގެން އަންނަ އެއްވެސް ބިދޭސީއަކަށް ރާއްޖެއަށް ނުވަދެވޭނެ. އަދި ރާއްޖެ އަންނަ ދިވެހިން އަންނާނީ 14 ދުވަހުގެ ކަރަންޓީނަކަށް. އަދި މިރޭ 18:00 އިން ފެށިގެން ވަގުތީ ޓްރެވެލް ރެސްޓްރިކްޝަންއެއް މެލޭޝިއާއަށް ވެސް އަންނާނެ.“ މިއަދު މެންދުރު ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތުދެެއްވަމުން ރައީސް އޮފީހުގެ އަންޑަރ ސެކެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާއި އެކު އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޗައިނާއިން މީހުން ރާއްޖެ އައުން މަނާކުރިއެވެ. އެއާއި އެކު އޭގެ ފަހުން އިރާން، ކޮރެޔާ، ޖަރުމަން އަދި ސްޕެއިން އިން މީހުން އައުން ވަނީ މަނާކޮށްފައެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުން މިހާރު ވަނީ 9 ޤައުމަކުން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




