ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަޢީދުގެ ދަރިފުޅު ފިލްމީ ދާއިރާއަށް ނެރެން މޮގާ ތައްޔާރު!

މަޝްހޫރު އެކްޓަރ އަޙްމަދު ސަޢީދުގެ ފިރިހެން ދަރިފުޅު ޢަލީ ރަޔާން ސަޢީދު ފިލްމީ ދާއިރާއަށް ލޯންޗްކުރަން ބޭނުންވާކަމަށް ރާއްޖޭގެ އެންމެ މަޤްބޫލު އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ވެރިޔާ މިއަދު ބުނެފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މަޝްހޫރު ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މިކަން ހާމަކުރީ ސަޢީދުގެ ދަރިފުޅު ރަޔާންގެ 14ވަނަ އުފަންދުވަހުގެ ތަހްނިޔާ ކިޔުމަށް ސަޢީދު ކޮށްފައިވާ ޕޯސްޓަކަށް ކޮމެންޓްކުރަމުންނެވެ. މޮގާގެ ކޮމެންޓްގައި ރަޔާނަށް އުފަންދުވަހުގެ ތަހްނިޔާ ކިޔަމުން ބުނީ ސަޢީދުގެ ދަރިފުޅު ފިލްމީ ދާއިރާއަށް ވަންނަން ޕްލޭންކުރާނަމަ، އޭނާ ލޯންޗްކޮށްދޭނެ ކަމަށެވެ.

ސަޢީދުގެ ދަރިފުޅު ރަޔާން

ސަޢީދު ކޮށްފައިވާ ޕޯސްޓް މެދުވެރިކޮށް ރަޔާނަށް އުފަން ދުވަހުގެ ތަހުނިޔާ ގިނަބަޔަކު ކިޔާފައި ވާއިރު، މޮގާގެ ސަޕްރައިޒެއްފަދަ ކޮމެންޓަށް މޮގާ އާއި ރަޔާން އަށް ޓެގްކޮށް ޖަވާބުދެމުން ސަޢީދު ބުނެފައިވަނީ:

މޮގާ ޑީއާރްއީ އޭނައަށް މީތި ފެންނާނެ. އެކަމަކު އޭނަގެ އުމުރަކީ އެންމެ 14 އަހަރު…..ދަރިފުޅު ޢަލީ ރަޔާން؟” މިހެންނެވެ. އޭގެ ޖަވާބުގައި ސަޢީދަށް ޓެގްކޮށް މޮގާ ވެސް އަނެއްކާ ކުރީ ސުވާލެކެވެ.

އަޙްމަދު ސަޢީދު 🙏 ތީގެ މާނައަކީ ތިބާއަށް އޯކޭއޭތަ؟”

މޮގާ ޑީއާރްއީ މަގޭ ފަރާތުން އެއްވެސް އިޢުތިރާޒެއް ނެތް. އޭނަ ގާތު އަހާލާނަން😁” މޮގާއަށް ޓެގްކޮށް ސަޢީދު ޖަވާބުދިނެވެ.

އަޙްމަދު ސަޢީދު 🙏 ޝުކްރިއްޔާ ސަރ.” ސަޢީދަށް މޮގާ ޝުކުރުއަދާކުރި އެވެ.

ފިލްމީ ތަރި ސަޢީދުގެ ދަރިފުޅު ޢަލީ ރަޔާން އާއި އަންހެން ދަރިފުޅު- ފޮޓޯ: ސަޢީދުގެ ފޭސްބްކް

މިކަމާމެދު ސަޢީދުއަށް ގުޅާލުމުން ބުނީ ރަޔާން ފިލްމީ ދާއިރާއަށް ނުކުތުމާމެދު އޭނާގެ އެއްވެސް އިޢުތިރާޒެއް ނެތްކަމަށާއި ޑާކް ރެއިންގެ ވެރިޔާ ހުށައެޅި އޮފާގެ ވާހަކަ ބުނުމުން ރަޔާން އެކަމާ ވަކިއެއްޗެއް ނުބުނާކަމަށެވެ. ނަމަވެސް ރަޔާން ކުރިއަށްދާނެ ދާއިރާއެއް އެނގޭނީ ރަޔާނަށް ކަމަށް ބުނެފައިވާނެކަމަށް ވެސް ސަޢީދު ބުންޏެވެ.

ކާމިޔާބު އެތަކެއް ފިލްމުތަކެއް އުފައްދަމުން އަންނަ ޑާކް ރެއިންގެ ކެމެެރާ ފޯކަސް ތެރެއިން ފިލްމީ ދާއިރާއަށް ނުކުތުމުގެ އުއްމީދަކީ މި ދާއިރާއަށް ނުކުންނަން ބޭނުންވާ ކޮންމެ މީހެއްގެ އެންމެ ބޮޑު އެއް އުއްމީދަށް ވާއިރު، މިފަދަ ހުށައެޅުމެއް ޢަލީ ރަޔާން އަށް ލިބުމަކީ ކުޑަކަމެއް ނޫނެވެ. ޑާކް ރެއިންގެ ތެރެއިން ފިލްމީ ދާއިރާއަށް ނުކުތް މަރްޔަމް މަޖުދާ ފިލްމީ ދާއިރާގެ ކާމިޔާބު އެވޯޑްތަކެއް ހޯދައި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ އިރު، ޖުމައްޔިލް ނިމާލަށް މިއަދު ލިބިފައިވާ މަޤްބޫލުކަން ލިބި ފިލްމީ ދާއިރާގައި ފިޔަޖަހަން ފެށީވެސް ޑާކް ރެއިނުން އޭނާގެ އަތުގައި ހިފި ހިސާބުން ކަން ފާހަގަކޮށްލެވެއެވެ.

ޢަލީ ރަޔާން އޭނާގެ ޢާއިލާއާއެކު – ފޮޓޯ: ސަޢީދުގެ ފޭސްބްކް

ޑާކް ރެއިންގެ މި ހުށައެޅުން ޤަބޫލުކޮށް ރަޔާން ސްކޫލް ނިމުމުން ނުވަތަ އަށާރަ އަހަރު ފުރުމުން ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމަކުން ފިލްމީ ދާއިރާއަށް ތަޢާރަފުވުމަކީ ފިލްމީ ދާއިރާގެ ޓްރެންޑަށް ބަލާއިރު ވުން ވަރަށް ގާތްކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.

ފިލްމީ ތަރި ސަޢީދުގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވަނީ ރަޔާން އާއި އޭނާގެ ހަގަށް އަންހެން ކުއްޖެކެވެ. އޭނާގެ ދެވަނަ ކައިވެނި ފިލްމީ ތަރި އަޒޫ އާއި ކޮށްގެން ވެސް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ކޮސް6 އަހަރު ކުރިން

މޮގަރ ތީ ވަރަށް ހެޑްލައިން މޭކް ކުރާހިޔް ވާ މީހެއް. މާދަމާ ދެން ރަޔާން ކިޔާ ފިލްމެއްވެސް ލޯންޗް ކޮށްފާނެ.

Home
Menu
Search
Back to top